ads
ބްރޯޑްކޮމް މެެމްބަރުންނާއި އެސްޖީ
ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ވެސް ސަސްޕެންޑުކޮށްފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އައިޓީ އޮފިސަރު އަހުމަދު ފަޒީލް ސަސްޕެންޑުކޮށްފިއެވެ.
Advertisement

ބްރޯޑްކޮމް އައިޓީ އޮފިސަރުވެސް ސަސްޕެންޑްކޮށްފައި މިވަނީ އެކޮމިޝަންގެ ގެ މުވައްޒަފުންގެ އެތެރޭގެ ކޯޅުން ބޮޑުވެ ގިނަ މުވައްޒަފުންތަކެއް އިއްޔެ މަސައްކަތް ހުއްޓާލާ މުޒާހަރާކޮށްފައިވެސް ވަނިކޮށެވެ. 

ބްރޯޑްކޮމް އައިޓީ އޮފިސަރު އަހުމަދު ފަޒީލް ވަނީ މިއަދުން ފެށިގެން ހަތް ދުވަހަށް ސަސްޕެންޑްކޮށްފައެވެ. އެނާ ސަސްޕެންޑްކޮށްފައިވާއިރު އިއްޔެ ވަނީ އެ ކޮމިޝަންގެ ސާވާއަށް ކުއްލި މައްސަލައެއް ދިމާވެ ފުލުހުން އިއްޔެ އެހީތެރިކަން ދީފައި ވަނިކޮށެވެ.

ފުލުހުން އިއްޔެ ބްރޯޑްކޮމް އަށް ވަނީ އެ ތަނުގެ ސާވާ ނިއްވާލާފައި ހުރުމުން މަސައްކަތްތަކަށް ހުރަސް އަޅަން އެެއްވެސް ކަމެއް ގަސްދުގައި ކޮށްފައިވޭތޯ ބެލުމަށްކަން ވަނީ އެނގިފައެވެ. 

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނިންމުންތައް ތަންފީޒުކުރަން އެއްބާރުލުން ނުދޭތީ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ވަނީ ސަސްޕެންޑުކޮށްފައެވެ. 

ޒީނިޔާ ސަސްޕެންޑުކޮށްފައިވަނީ މިމަހުގެ 20 ވަނަދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ. އަދި، އެ މުއްދަތުގައި ލިޔުމުން ޖަވާބުދާރީވުމަށް ވެސް އޭނާއަށް އަންގައިފައިވާކަން ވަނީ އެނގިފައެވެ. 

އެނގިފައިވާ ގޮތުގައި، ޒީނިޔާ ސަސްޕެންޑްކޮށްފައިވަނީ ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިހްތިރާމު ކުޑަކުރާތީއެވެ. އޭގެ އިތިރުން ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގައިއާއި ކޮމިޝަން ހިންގުމުގައި އިހުމާލުވުންވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް