
ޔުމްނު ވެއްޓުނުތާ މަހެއްވުމާއި ދިމާކޮށް އެއާއިލާއިން ނެރުނު ބަޔާނުގައި ބުނީ އެ ހާދިސާގެ ތަހުގީގަށް އެއްވެސް ކުރި އެރުމެއް ލިބެމުން ނުދާތީ އެކަމާއި ކަންބޮޑުވާކަމަށެވެ. އަދި އެ އަނިޔާވެރި ލާއިންސާނީ އަމަލު ހިންގި ފަރާތައް މިނިވަންކަމާއި އެކު އުޅެމުން ދިއުމަކީ ނުރަކަލެއްކަމަށްވެސް ޔުމްނުގެ އާއިލާއިން ނެރުނު ބަޔާނުގައިވެއެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ސިޔާސީ ނުފޫޒު ފޯރާކަމުގެ ބައިވަރު ހަކިތައް ގެންނަނ ހުރިކަމަށާއި އެކަމާއި ކަންބޮޑުވާކަމަަށް އާއިލާއިން ވަނީ ބުނެފައެވެ. އެގޮތުން ހާދިސާއާ ގުޅުން ހުރި ތަންތަން ކޯޓް އަމުރެއްގެ ނެތި ބަލާ ފާސްކުރުމުން އެކަންކަން ކޯޓު މަރުހަލާގައި ބާތިލްވާނެކަމަށާއި މީ އިންސާފަށް ހުރަސް އަޅަން ކުރާ މަސައްކަތެއްކަމަށް ޔުމްނުގެ އާއިލާއިން ނެރުނު ބަޔާނުގައިވެއެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ބައެއް ކަންކަން ފޮރުވާ ތަހުގީގު އޮޅުވާލާކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުންތައް ފުލުހުންނަށް ވަނީ އަމާޒުވަފައެވެ. އަދި ހާއްސަކޮށް އެރޭ ޔުމްނު އާއި އެއްކޮށް އުޅުނު ރައުދު ފުރަތަމަވެސް ހައްޔަރުނުކުރުން ގިނަ ބަޔަކު ވަނީ އެކަން ފާހަގަކޮށްފައެވެ.
މި މައްސަލަައިގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް އެ މައްސަލަ ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.