ގެއްލުނު ތަކެތީގެ ތެރޭގައި 65 އިންޗީގެ ބޮޑު ޓީވީއަކާ، ހަ މޮނިޓަރާއި ދެ ސީޕީޔޫ ހިމެނޭ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މި މައްސަލަ މިނިސްޓްރީން މިހާރުވަނީ ޕޮލިހަށް ހުށަހަޅާފައެވެ. އެ ތަކެތި ގެއްލުނުކަން ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޔޫތު މިނިސްޓްރީ ބަދަލުކުރީ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރގެ ނަމަށެވެ. ސްޕޯޓްސް މިނިސްޓްރީ ބަދަލުކުރީ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނަމަށެވެ.
ސްޕޯޓްސް މިނިސްޓްރީ ހިންގަނީ ކުރިއެކޭ އެއްގޮތަށް ވެލާނާގޭ ބިލްޑިންގްގެ ތިންވަނަ ފްލޯގަ އެވެ. ޔޫތު މިނިސްޓްރީ ބަދަލުކުރީ އެ އިމާރާތުގެ ހަތަރުވަނަ ފްލޯގަ އެވެ.