ads
ސަލާހް
އާސެނަލް - ލިވަޕޫލް މެޗު އެއްވަރު
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އާސެނަލް އެއްވަރުވެއްޖެއެވެ.

އރޭ އާސެނަލްއާ ލިވަޕޫލް ކުޅުނު މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ. ލިވަޕޫލް ދަނޑުގައި ކުޅެގެން ހޯދި ޕޮއިންޓާ އެކު، އާސެނަލް އޮތީ އެއް ވަނައިގަ އެވެ. އެއީ 18 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ދެ ވަނައިގައި އޮތީ 18 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ.

އާސެނަލުން ރޭ ލިވަޕޫލް ދަނޑުގައި ލީޑުނެގީ މެޗުގެ ވަރަށް ކުރީކޮޅު ޖެހި ލަނޑަކުންނެވެ. ލިވަޕޫލުން އެއްވަރުކުރީ މެޗުގެ 30 ވަނަ މިނިޓްގައި މުހައްމަދު ސަލާހު ޖެހި ގޯލުންނެވެ. މި ގޯލާ އެކު، ސަލާހު ވަނީ ޕްރިމިއާ ލީގުގައި 151 ލަނޑު ހަމަކޮށް، ލީގު ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ގަދަ 10 ކުޅުންތެރިންގެ ތެރެއިން ޖާގަ ހޯދައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް