ads
މިނިސްޓްރީގެ ތަކެތި ގެއްލުނު ގޮތް ހޯދަން އިންޓާނަލް އިންވެސްޓިގޭޝަނެއް
މިނިސްޓްރީގެ މުދާތައް ބަދަލުކުރި އިރު ބައެއް މުދާ ގެއްލުނު މައްސަލައިގައި ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީއިން އިންޓާނަލް ތަހުގީގެއް ފަށައިފިއެވެ.

ކުރީގެ މިނިސްޓްރީ އޮފް ޔޫތު އެން ސްޕޯޓްސް، ދެ މިނިސްޓްރީއަކަށް ބަދަލުވުމާ ގުޅިގެން، އޮފީސް ބަދަލުވުމުގެ މަސައްކަތުގެ ތެރެއިން ހަ މޮނީޓަރަކާއި، ދެ ސީޕީޔޫއެއްގެ އިތުރުން 65 އިންޗީގެ ޓީވީއެއް ގެއްލިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

އެ މައްސަލައާއި ގުޅިގެން ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ތަކެތި ބަދަލު ކުރުމުގެ އެއްވެސް މަރުހަލާއެއްގައި މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ބައިވެރިވެފައިނުވާނެކަމަށެވެ.

އެ ކަންކަމާއި ހަވާލުވެ ހުންނެވި އެ މިނިސްޓްރީއެއްގެ ހުންނެވި ޒިންމާދާރު އިސްވެރިޔާގެ ބެލުމުގެ ދަށުންކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެއެވެ. 

ގެއްލިފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ތަކެއްޗަށްވާއިރު، ޔޫތު މިނިސްޓްރީން ބުނީ އެކަންތައް އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު ކަން ހިނގި ގޮތް ބެލުމަށް އިންޓާނަލް އިންވެސްޓިގޭޝަނެއް ފަށާފަވާކަމަށެވެ.

އެ މައްސަލަ މިނިސްޓްރީން ވަނީ ފުލުހަށް ވެސް ހުށަހަޅާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް