ads
ނާއިޝް ހޯދުމަށް ސަރުކާރުން ހުރިހާ ވަސީލަތެއް ބޭނުމެއް ނުކުރޭ: އެމްޑީޕީ
އިހިނަގަން އެރި އުޅެނިކޮށް ގެއްލުން މުހައްމަދު ނާއިސް ހޯދުމަށް ސަރުކާރުން އަމަލު ކުރާ ގޮތާއި ބެހޭ ގޮތުން ކަންބޮޑުވުންފާޅުކޮށް އެމްޑީޕީން ނޫސްބަޔާނެއް ނެރެފިއެވެ.އެ ނޫސް ބަޔާނުގައި ވާ ގޮތުން ނާއިސް ގެއްލިގެން 72 ގަޑި އިރު ވާއިރުވެސް ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރަމުން ނުދިއުމަކީ އެ ޕާޓީން ދެކޭ ގޮތުގައި ސަރުކާރުގެ ފަރާތުން ފެނިގެންދާ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ މިފަދަ ހާލެއްތަކުގައި ރާއްޖެއިން އަބަދުވެސް އަވައްޓެރި ގައުމުތަކުގެ އެހީތެރިކަން ހޯދަމުން އަންނަކަމަށާއި ނަމަވެސް މި ހާލަތުގައި އަދިވެސް އެފަދަ އެއްވެސް އެހީ އަދި ވަސީލަތެއްގެ ބޭނުންވެސް ސަރުކާރުގެ ފަރާތުން ކޮށްފައި ނުވާކަމަށެވެ. 

ރާއްޖޭގެ ސިފައިންނާއި ބޭރު ގައުމުތަކާ އެކު ގުޅިގެން ކުރިއަށް ގެންދިޔަ މިފަދަ 1،996 އޮޕަރޭޝަނެއްގައި 3,452 މީހުން ސަލާމަތް ކުރެވިފައި ވުމަކީ މި ދެންނެވި ވަސީލަތްތައް ބޭނުންކުރުމުން އޮޕަރޭޝަންތަކުގެ ކާމިޔާބީގެ ރޭޓު މަތިކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް މި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

"ދިވެހި ރައްޔިތެއްގެ ފުރާނަ އަށް ވުރެން ސިޔަސީ އެޖެންޓާތަކެއް އިސްކުރުމަކީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެކަމެއް ނޫން. ނާއިޝް ހޯދުމުގެ މަސައްކަތުގައި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރަން ސަރުކާރަަށް ގޮވަލަން،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ ކުރިން މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރެ އެވެ. ނަމަވެސް މި އޮޕަރޭޝަނުގައި އެ މަތިންދާ ބޯޓު ބޭނުން ނުކުރާތީ، ހުރި ވަސީލަތެއްގެ ބޭނުން ކުރުމަށް އެދި މީހުން ދަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް