މީޑިޔާ ވިލެއްޖެއް ގާއިމްކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި އެކުގައި މަސްވަރާކޮށްގެން ކުރިޔަށް ގެންދަން އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވާކަމަށް ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުالله ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ މިއަދު ރައީސް އޮފީހުގެ ފަރާތުން ބޭއްވި ބައްދަލުވުމުގައިއެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި މީޑިޔާތައް ބާރުވެރިކުރުމަކީ ސަރުކާރުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމެއް ކަމަށާއި މި ވިލެޖް ގާއިމް ކުރުމަށް ކުރަންޖެހޭ މަސްވަރާތައް ކުރިޔަށް ދާކަމަށެވެ.