ads
އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ މަރުކަޒުތަކެއް ގާއިމު ކުރަނީ
އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަ ކޮށްގެން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މަރުކަޒުތަކެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ، އެފަދަ މަރުކަޒުތަކެއް ގާއިމު ކުރަން ނިންމާފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ކަށަވަރު ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކޮށްގެން އިޖުތިމާއީ މަރުކަޒުތައް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތެއްގެ ގޮތުގައި ނާޒިމް ވަނީ ފާހަގަ ކުރައްވާފައެެވެ.

ނާޒިމް ވިދާޅުވީ ދިގު މުއްދަތަކަށް ގައުމަށް ހިދުމަތްކޮށް، ރިޓަޔާ ކޮށްފައިވާ ފަރާތްތަކުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރުން އެހީތެރިވުމަށް އިސްކަން ދޭނެ ކަމަށެވެ.

އެގޮތުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިތުރުން ކައުންސިލިންގެ ހިދުމަތްވެސް އެ މަރުކަޒުތަކުން ލިބޭނެ ގޮތް ހަމަޖެހިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިސްރަށްވެހިންގެ ތަޖުރިބާތައް ހިއްސާކުރުމުގެ ޕްރޮގުރާމުތައްވެސް އެ މަރުކަޒުތަކުގައި ހިންގޭނެ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

މި މަސައްކަތުގެ ތެރެއިން ފުރަތަމަ މަރުކަޒު ހުޅުވަން ހަމަޖެހިފައިވަނީ ކުރިން ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހިންގި އިމާރާތުގައެވެ. އަދި  ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އެފަދަ މަރުކަޒުތައް ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ނާޒިމް މައުލޫމަތު ދެއްވިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކޮށްގެން މި މަރުކަޒުތައް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހެލްތު މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ އަދި ސްޕޯޓްސް މިނިސްޓްރީ ގުޅިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް