ads
އުމްރާއަށް ދިޔަ ދިވެއްސަކު މަރުވެއްޖެ
އުމްރާއަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި މަރުވެއްޖެ އެވެ.

މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް ހުއްޓައި މަރުވެފައިވަނީ ހދ. ހަނިމާދޫ، އަލަމާގޭ ހާލިދު އިބްރާހީމެވެ.

އުމްރާގެ އަޅުކަމަށް ގޮސް އުޅުމުގެ ތެރޭގައި ހާލިދު މަރުވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ހާލިދު މަރުވިކަން ޔަގީންވެފައި ވީ ނަމަވެސް، އޭނާ މަރުވާން މެދުވެރި ސަބަބު އަދި ވަނީ ސާފު ވާގޮތް ނުވެފަ އެވެ.

ރޭ ދަންވަރު ހާލިދު މަރުވެފައިވާއިރު، އުމްރާއަށް ގޮސް އުޅެނިކޮށް މީގެ ކުރިން ވެސް ބައެއް ދިވެހިން މަރުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް