ads
އިމާރާތްތަކާ އެއްވަރަށް ސިކުނޑިތައް ތަރައްގީވާންޖެހޭ: ރައީސް މުއިއްޒު
އިމާރާތްތަކާ އެއްވަރަށް ސިކުނޑިތައް ތަރައްގީވާންޖެހޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތް ކުރާ ސްކޫލުގެ ބިންގާ އެޅުމުގެ ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ފުރަތަމަ ބިނާ ކުރާ އިމާރާތަކީ ތައުލީމަށް ބިނާ ކުރާ އިމާރާތެއްގެ ގޮތުގައި ހަދަން ނިންމާފައިކަމަށެވެ.

"އެގޮތުން ވަރަށް އުފާކުރަން މި އިމާރާތުން 1700 އަކަށް ކުދިންނަށް ކިޔަވާދެވޭ ގޮތަށް މި އިމާރާތުގެ މަސައްކަތް ފެށިގެންދާތީ،" ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވި ގޮތުގައި ޖެނުވަރީ މަހުގެ ފެށޭ ހަފްތާގައި ފައުންޑޭސަންގެ މަސައްކަތް ނިންމާލެވޭނެކަމަށާއި ގިނަވެގެން 18 މަސްތެރޭގައި މި އިމާރާތުގެ މަސައްކަތް ނިންމާލެވޭނެ އެވެ. ރައީސް ފާހަގަ ކުރެއްވީ މި އިމާރާތް ވެގެން ދާނީ ދެވަނަ ފިޔަވަހީގެ ހިމެނޭ ހުރިހާ ފްލެޓްތަކެއްގައި ދިރިއުޅޭ އާއިލާތަކަށް ތަސައްލީއެއް ލިބިގެންދާނެ އިމާރާތަކަށް ވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.  

އާރުސީސީގެ ފަރާތުން އެޑިޔުކޭސަން މިނިސްޓްރީ އާ ގުޅިވަޑައިގެން ކޮންޓްރެކްޓާ ފައިނޭސް މޮޑަލް ގެ ދަށުން މި މަސައްކަތް ކުރިޔަށް ގެންދަވާކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ އާރްސީސީގެ އިސް ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ދެވަނަ ފިޔަވަހީގައި މިހާރު ކިޔަވައިދެމުންދަނީ ދެ ސްކޫލެއްގަ އެވެ. އެއީ ގްރޭޑް އެކަކުން ފެށިގެން ސެކަންޑަރީއަށް ކިޔަވައިދެމުންދާ ސަލާހުއްދީން ސްކޫލާއި ޕްރީ ސްކޫލް ތައުލީމަށް ހާއްސަކޮށްގެން ހިންގާ ކާމިލްދީދީ ޕްރީ ސްކޫލު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް