ads
ވިލިމާލޭ ކުރަމުން އައި ފައިބަރު މަސައްކަތައް ތިލަފުށިން ބިން ދޫކުރަނީ
ވިލިމާލޭގައި ކުރަމުން އަންނަ ފައިބަރު މަސައްކަތްތައް ހުއްޓާލަން ތިލަފުށިން ބިން ދޭން ސަރުކާރުން ނިންމައިފި އެވެ.

މާލެސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، ވިލިމާލޭގައި ކުރަމުންދާ ފައިބަރު މަސައްކަތްތައް ތިލަފުއްޓަށް ބަދަލު ކުރެވުމާއެކު، އެރަށުގެ ރައްޔިތުންނަށް ދިމާވަމުންދާ ގޮންޖެހުންތަކާއި ސިއްހީ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

"ފައިބަރު މަސައްކަތްކުރާއިރު އަރާ ކުނޑީގެ ސަބަބުން ރައްޔިތުންނަށް ސިއްހީ މައްސަލަތައް ކުރިމަތިވޭ. ސަރުކާރުން މި ނިންމި ނިންމުމުގެ ސަބަބުން ފައިބަރު މަސައްކަތުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ." އަހްމަދު ނަރީޝް ވިދާޅުވިއެވެ.



އޭގެ އިތުރުން ތެޔޮ ބާޖުތައް ނެގުމުގެ މަސައްކަތްވެސް ކުރުމަށް ނިންމާފައިވާކަމަށް ނަރީޝް ވިދާޅުވިއެވެ.

އެކަމަށް ހައްލެއް ހޯދުމަށްޓަކައި ގުޅިފަޅާއި ތިލަފުށި ސަރަހައްދުން ތެޔޮ ބާޖުތައް ބޭއްވުމަށް ވަކި ސަރަޙައްދެއް ކަނޑައެޅުމަށް ނިންމާފައިވާކަން ނަރީޝް ފާހަގަކުރެއްވިއެވެ.

ނަރީޝް ވިދާޅުވީ، ފައިބަރ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރުމާއި ތެޔޮ ބާޖުތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތަކީ އާބަންކޯގެ އެހީތެރިކަމާއެކު ކުރުމަށް ނިންމާފައިވާ ދެ މަސައްކަތެއް ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް