ads
މާލެ ކޮމާޝަލް ހާބަރު: ފޮޓޯ:އެމްޕީއެލް
ފޭކް ކެމަލް ސިގިރޭޓް ޝިޕްމެންޓެއް ކޯޓުން ހިފަހައްޓައިފި
އަމިއްލަ ކުންފުންޏަކަށް "ކެމަލް" ބްރޭންޑްގެ ފޭކު ސިގިރޭޓް އެތެރެކުރަމުންދާ ކަމަށް ތުހުމަތުވާ މައްސަލައެއްގައި ކަސްޓަމްސްގައި މި ވަގުތު ހުރި ކްލިއާނުކޮށް ހުރި އެ ކުންފުނީގެ މުދާ ސިވިލް ކޯޓުން ހިފަހައްޓައިފިއެވެ.

"ކެމަލް" ބްރޭންޑްގެ ސިނގިރޭޓު ރާއްޖެ އެތެރެކޮށް ވިއްކުމުގެ އޮތަރައިޒް ޑިސްޓްރިބިއުޓާއެއް ގޮތުގައި މިދިޔަ 20 އަހަރު ވެސް އޮތް ހަމައެކަނި ކުންފުންޏަކީ ސީޖީޓީ އެވެ. އެހެން  އެކަން އޮއްވާ، އެހެން ބަޔަކު އެ ނަމުގައި ސިނގިރޭޓު ފޮށިތަކެއް އެތެރެ ކުރާތީ، އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ސީޖީޓީންނެވެ.

ސީޖީޓީން މި މައްސަލައިގައި ސިވިލް ކޯޓުގައި އެދިފައިވަނީ ހެކި ހޯދައި އެއްކުރުމަށް ފަހު އެ މައްސަލަ ހުށަހެޅުމަށް އަދި 20 ދުވަހާއި 30 ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށެވެ. އޭގެ ކުރިއަށް، ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެ ކުންފުނިން ހުށަހެޅީ އެވެ. އެއީ ގާނޫނުން ލިބިދޭ ޖާގަ އެކެވެ.

ސީޖީޓީން ވަގުތީ އަމުރަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނާ ގޮތުން، ކަސްޓަމަށް މި ފަހުން އެގްޒޮކެޓިކް އެންޓަޕްރައިޒަސްގެ 200 ސިނގިރޭޓު ކޭސް ގެނެސް އެއިން 10 ކޭސް ކްލިއާ ކޮށްފައިވެ އެވެ. އަދި ބާކީ 190 ކޭސް އަދިވެސް ބޮންޑެޑް ވެއާ ހައުސްގައި ބަހައްޓާފައިވާ ކަމަށެވެ.

ސީޖީޓީގެ އެ ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓުން އަމުރުކުރީ، އެ ތަކެތީގެ އަސްލާ މެދު ސުވާލު އުފެދިފައިވާތީ އެއިން އެއްވެސް މުއާމަލާތެއް ނުކުރުމަށެވެ. އަދި ކަސްޓަމްސްގައި މި ވަގުތު ކްލިއާ ނުކޮށް ހުރި މުދާތައް ކްލިއާ ކުރުން މަޑުޖައްސާލައި އެ ތަކެތި ހިފެހެއްޓުމަށް އެ މުއައްސަސާގެ މައްޗަށް ވެސް އަމުރުކޮށްފައިވެއެވެ.

މި އަމުރު ނެރުނީ ދައުވާ ރައްދުވާ ކުންފުނީގެ ގައިރު ހާޒިރުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް