އޭނާ މިއަދު ސީއެންއެމްއާ ވާހަކަދައްކަވަމުން ވިދާޅުވީ އެމްޑީޕީ އާއި އޭނާ ހޮވުމަށް އެމްޑީޕީގެ މެމްބަރުން ކުރެއްވި މަސައްކަތަށް އޭނާ މާ މުހިންމުކަމަށާއި އޭނާ އެމްޑީޕީ ދޫކޮށްލަން ވިސްނާނީވެސް އެމްޑީޕީ މުޅި ލީޑާސިޕް އެމްޑީޕީ ދޫކޮށްލާ ހިސާބުން ކަމަށެވެ.
ރާއީ ފާހަގަ ވެގެެން ގޮސްފައިވަނީ މަޖިލީސް ތެރޭގައި ވަރަށް ބައިވަރު އަދި މުހިންމު މަސައްކަތްތަކެއް ކުރައްވަމުންދާ މެމްބަރެއްގެ ގޮތުގައިއެވެ.
ރާއީ މިހެން ވިދާޅުވެފައި ވަނީ އޭނާ އެމްޑީޕީ ދޫކޮށް ޕީއެންސީ އާއި ގުޅެން އުޅޭކަމުގެ އަޑު ސޯސަލް މީޑިޔާ ތެރޭގައި ފެތުރިފައި އޮތް ވަގުތެއްގައިއެވެ.