ads
ފޮޓޯ އާބަންކޯ
ދިވެހިންނަކީ އެއްލޭ ހިނގާ އެއް އާއިލާއެއް: މިނިސްޓަރު އާދަމް ނަސީރު
ދިވެހިންނަކީ އެއްލޭ ހިނގާ އެއް އާއިލާއެއް ކަމަށް މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އާބަންކޯއިން ހުޅުމާލޭގައި ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. 

ގިނަ އަދެއްގެ މީހުން ބައިވެރިވި މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓާ  އާދަމް ނަސީރު އިބްރާހީމްއެވެ.

"ދިވެހިން އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމުގެ މުހިންމު. ދިވެހިންނަކީ އެއް ލޭ ހިނގާ، އެއް އާއިލާއެއް. އެއްބައިވަންތަކަން ބީވިޔަދީގެން ނުވާނެ،" މި ހަފްލާގެ ބައިވެރިންނާ މުހާތަބުކުރައްވައި، ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވިއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހެނދުނު 8:30 ފެށިގެން ކުރިއަށް ގެންދިޔަ ހަފްލާގައި އާބަންކޯގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން 1000 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ. 

މި ފަހްލާގައި ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ގެނެވުންކަމަށް އާބަންކޯއިން ބުނިއެވެ. 

"މިފަދަ ގައުމީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް އާބަންކޯއިން އަބަދުވެސް އިސްކަން ދޭ. މިފަދަ ގައުމީ މުނާސަބަތުތަކުގައި އާބަންކޯގެ މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުން އަބަދުވެސް ފެނޭ،" -އާބަންކޯ-

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް