ads
ހައްޖު ކޯޕަރޭޝަނާ ހުރިހާ ކޯޓާއެއް ހަވާލުކުރުމުން އަގު ހެޔޮވާނެ: އިސްލާމިކް މިނިސްޓަރު
ރާއްޖެއަށް ލިބޭ ހުރިހާ ހައްޖުކޯޓާއެއް ހައްޖުކޯޕަރޭޝަނުގެ ދަށަށް ބަދަލުކުރީ އަމިއްލަ ފަރާތްތަކުގެ މަސައްކަތައް ހުރަސް އެޅުމަށް ނޫންކަމަށާއި، ކުރިއަށް އޮތްތަނުގައި ހައްޖާއި އުމްރާގެ އަގު ހެޔޮވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ ހައްޖުކޯޓާ އެއްކޮށް ސަރުކާރުން ހިންގާ ހައްޖުކޯޕަރޭޝަނުގެ ދަށަށް ބަދަލުކުރުމުން، ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެކަމަށެވެ. 

" މިގޮތަށް މިނިންމީ ގިނަ ވިސްނުންތަކަކަށްފަހު، މީގެކުރިން ބައެއް ޖަމާއަތްތަކުން ފައިސާ ނަގައިގެން، ޙައްޖަށް މީހުންނަށް ނުދެވި އެބަހުރި، އަދި ބޮޑު އަގުގައި ޙައްޖު ކޯޓާ ގަނެފައި ވިއްކާފައި އެބަހުރި، އެކަންތައްތަކަށް ވިސްނާފައި މިގޮތަށް މިނިންމީ،" ޝަހީމް ވިދާޅުވިއެވެ.

ރާއްޖެއަށް ލިބޭ 1000 ހައްޖު ކޯޓާ، ޙައްޖު ކޯޕަރޭޝަނާއި، ހަވާލުކުރުމަށް ނިންމާ، އެކަމާއި ގުޅޭ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް