ads
އިންޑިއާއިން އަޅައިދޭ ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރާތީ ކަންބޮޑުވުން
ލ. ގަމުގައި އެމްޑީޕީ ސަރުކާރުން ގާއިމްކުރަން ޕްލޭންކުރި ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ނިންމުމުން ގަމު ދާއިރާ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ ގަމުދާއިރާގެ މުހައްމަދު ވިޝާމް (ސަންޕަތު) ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ހޮސްޕިޓަލަކީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖޭގައި ލައިން އޮފް ކުރެޑިޓުގެ ދަށުން އަޅައިދެއްވުމަށް ވައުދުވެވަޑައިގެންފައިވާ ހޮސްޕިޓަލެކެވެ. 

މި ހޮސްޕިޓަލު މާލެ ސަރަހައްދަށް ބަދަލުކުރަން ނިންމާފައިވާކަން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ އިއުލާނު ކުރައްވާފައެވެ. 

މިދިޔަ ސަރުކާރުން މި ހޮޕްޓަލް އެޅުމަށް ބޭނުންވާ ދިރާސާތައް ވެސް ވަނީކޮށްފައެވެ. އެ ދިރާސާތަކަށް ޖުމްލަ 2،110،964 ވަނީ ހަރަދުކޮށްފައެވެ. ނަމަވެސް އަދިވެސް ހޮޕިޓަލުގެ އަމަލީ މަސައްކަތްފަށާފައެއް ނުވެއެވެ. 

ކެންސަރު ހޮސްޕިޓަލުގެ ބަދަލުގައި ގަމުގައި މެންޓަލް ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް ހެލްތްމިނިސްޓްރީން ބުނެއެވެ. ގަމުގައި މެންޓަލް މެންޓަލް ހޮސްޕިޓަލެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. 

ކުރީ ސަރުކާރުން ލ. ގަމުގައި ގާއިމްކުރަން ނިންމި ކެންސަރު ހޮސްޕިޓަލު މާލެއަށް ބަދަލު ކުރަން ނިންމުމުން، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިސާމް އެކަން ކުށްވެރިކުރައްވައި ވަނީ މިއަދު ބަޔާނެއް ނެރެފައެވެ. 

ވިސާމް ވިދާޅުވީ ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލު މާލެއަށް ބަދަލު ކުރުމަކީ އަތޮޅު ތެރޭގެ ތަރައްގީއަށް ސަރުކާރުން އިސްކަން ނުދިނުމުގެ ނިޝާނެއް ކަމަށެވެ. 

"ހުރިހާ ކަމެއް ހަމަޖެހިފައިވާ މި ޕްރޮޖެކްޓު މާލެއަށް ބަދަލު ކުރުމަކީ އަތޮޅުތެރެ އާއި ރަށްތަކުގެ ތަރައްގީއަށް މި ސަރުކާރުން އިސްކަން ނުދޭކަން ހާމަވާ ކަމެއް،" ވިސާމް ވިދާޅުވި އެވެ.

އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރުގެ މަންދޫބުން ގަމަށް ގޮސް ހޮސްޕިޓަލް ގާއިމް ކުރުމަށް ހުރަހެއް އޮތްތޯ ބެލުމަށް ފީސިބިލިޓީ ރިޕޯޓާއި ޑީޕީއާރު ރިޕޯޓު ހަދައި އިންޑިއާގެ ފޮރިން މިނިސްޓްރީން ފާސްކޮށްފައިވާކަމަށް ވެސް ވިސާމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް