ads
ނައީޝް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިޔަށް އެބަދޭ: އެމްއެންޑީއެފް
އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ މުހައްމަދު ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާޗު އެންޑް ރެސްކިޔު އޮޕަރޭޝަން އަދިވެސް ކުރިޔަށް ގެންދާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މީޑިޔާ އޮފިޝަލް ވިދާޅުވީ ގޮތުގައި ވައިގެ މަގުން 9916.46  ސްކޮޔާ ނޯޓިކަލް މޭލު ބެލިފައިވާ ކަމަށެވެ. މީގެ އިތުރުން ކަނޑު މަގުން އަދި ޑައިވް ކޮށްގެން 2246.026 ސްކޮޔާ ނޯޓިކަލް މޭލު ބެލިފައިވާ ކަމަށެވެ. 

އޭނާ ވިދާޅުވީ މި ވަގުތު ބޭނުން ކުރަމުން ދަނީ މޯލްޑިވިއަން ގެ މަތިންދާ ބޯޓާއި އެމްއެންޑީއެފް ގެ ކަނޑުގެ އުޅަނދުތައްކަމަށެވެ.

ޑޯނިއާ ބޭނުން ކުރަމުންދޭތޯ ކުރި ސުވާލަށް އޮފިސަލް ޖަވާބު ދެއްވާފައިއެއް ނުވެއެވެ. ޑޯނިޔާ އާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އޮފިޝަލް ނުދެއްވަ އެވެ.

ނައީޝް ގެއްލުނީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ގޮސް އުޅެނިކޮށް މި މަހުގެ 21 ވަނަ ދުވަހު އެވެ. 

 ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ބުނެއެވެ.

އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި ނައީޝް ގެއްލިގެން ރިޕޯޓް ކުރުމާ އެކު ކޯސްޓްގާޑުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ 21 ޑިސެމްބަރު 2023 ވަނަ ދުވަހުގެ ރޭ އެވެ. 

ނައީޝް ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެދިފަވެއެވެ.
 އަދި އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފަވާނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެމްއެންޑީއެފް އިން އެދެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް