ads
އަންނަ ފެބްރުއަރީ މަހު ބައެއް ބައި-އިލެކްޝަންތައް ބާއްވަނީ
ކ. އަތޮޅާއި ފ.އަތޮޅު ކައުންސިލުގެ ރައީސް އަދި ބައެއް ކައުންސިލުތަކަށް މެންބަރުން އިންތިހާބު ކުރަން ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ބާއްވަން އިލެކްޝަންސް ކޮމިޝަން އިން ނިންމައިފިއެވެ.
Advertisement

އީސީ އިން ބުނީ ކ. އަތޮޅާއި ފ.އަތޮޅު ކައުންސިލުގެ ރައީސްގެ އިތުރުން ވ. ފެލިދޫ ކައުންސިލްގެ ރައީސާއި ށ. މަރޮށި އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރުން ހޮވުމުގެ ބައި-އިލެކްޝަން ފެބްރުއަރީ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާކަމަށެވެ.

އީސީއިން ބުނީ މި މަގާމުތަކަށް ވާދަން ކުރަން އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު  ޖަނަވަރީމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

މި ބައި-އިލެކްޝަންގެ ވޯޓުލާނީ ފެބްރުއަރީ 10 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 ކަމަށާއި ވޯޓު ގުނަން ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު ފަށާނެކަމަށް ވެސް އެ އީސީން ބުނެ އެވެ. މީގެ އިތުރުން ރަސްމީ ނަތީޖާ ފެބުރުއަރީ 12 ވަނަ ދުވަހު އިއުލާނު ކުރަން ހަމަޖެހިފައިވާކަމަށް އެ އިއުލާނުގައިވެއެވެ.

ބައި އިލެކްޝަން ބާއްވާ ކ. އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމް ހުސްވީ އެމަގާމުގައި ހުންނެވި މުހައްމަދު ނިމާލު އިސްތިއުފާ ދެއްވުމުންނެވެ. ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ނިމާލު އިސްތިއުފާ ދެއްވީ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރިގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރުމަށް ގޮންޖެހުންތަކެއް ހުރުމުން ކަމަށް ވިދާޅުވެފަ އެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް