ads
ކެބިޓަށް ރުހުން ދިނުން ލަސްކުރުން ބަލައިނުގަނެވޭނެ: އެމްޑީއޭ
ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުން ލަސް ކުރުން ބަލައިނުގަނެވޭނެކަމަށް ވިޔަފާރިވެރިޔާ ސަން ސިޔާމް އިސްކޮށް ހުންނަވާ ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ބުނެފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގެ ތެރެއިން ލަސްކުރަމުން އަންނަ ކަމަށް ބުނެ، އެމްޑީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމަކީ ގަނޫނުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި  މިއަދާ ހަމައަށް އައިރު ވެސް މިކަމާ އެއްވެސް ގޮތެއް ނުނިންމައި މިކަން ލަސްކުރުމަކީ ވަރަށް ކަންބޮޑު ވާންޖެހޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ނިމިދިޔަ އިންތިހާބުން ވެސް ރައްޔިތުން ވަނީ ޑރ. މުއިއްޒު އަދި އޭނާގެ ޓީމަށް އޮތް ތާއީދު ދައްކުވައިދީފައިކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހުން މި ފަދައިން މިކަން ލަސް ކުރުމަކީ ބަލައިގަނެވޭކަމެއް ނޫންކަމަށެވެ.

އެމްޑީއޭއިން އެދިފައިވަނީ ރައީސް މުއިއްޒުގެ 22 މެމްބަރުން ހިމެނޭ ކެބިނެޓަށް ވީހާ ވެސް އަވަހަކަށް ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުން މަޖިލީހުން ކުރެވެން ހުރި ކަމެއް ކޮށް ދިނުމަށެވެ. 

އެމްޑީއޭ އަކީ ރިޔަސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޑރ. މުއިއްޒަށް ތާއިދު ކުރި ޕާޓީ އެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް