ads
އައްޑޫ ސިޓީގައި ހުރި ފައިވާން ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް
އައްޑޫސިޓީގައި ހުރި ފައިވާން ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އިއްޔެ ހަވީރު ރޯވެފައިވަނީ ހިތަދޫ، ފެބްރުއަރީގެ ކައިރީގައި ހުންނަ ފައިވާާން ގުދަނެއްގައެވެ.

މި ހާދިސާއެއް ހިނގުމާ ގުޅިގެން ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔާ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައެވެ.  

ގުދަނުގައި ރޯވި އަލިފާންގަނޑު ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައޮ ކޮންޓްރޯލް ކުރެވިފައެވެ. 

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް