ފާއިތުވި ފަސް އަހަރު ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ ތެރޭގައި ވަރަށް ގޯސްކޮށް ކަންކަން ކޮށްފައި ހުރުމުގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަނަށް ބުރޫއަރާ މިންވަރަށް 4.1 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި 871 މިލިއަން ރުފިޔާގެ ލޯނުގެ އިތުރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 3.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މުއާޒް ވިދާޅުވެއްޖެއެވެ
މުއާޒް ވިދާޅުވީ 2018 ވަނަ އަހަރު ފެނަކައިގައި 2،700 އެއްހާ މުވައްޒަފުން ތިބި އިރު، މި އަހަރު އެ އަދަދު 8،100 އަރާފައި ވާކަމަށެވެ. މިކަމުގެ ސަބަބުން ކުރިން ވޭޖަށް ކުރިން ހޭދަކުރަން ޖެހެނީ 20 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަވެސް މިހާރު އެ އަދަދު ވަނީ 74 މިލިއަން ރުފިޔާ އަށް ބޮޑުވެފައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ
މުއާޒް ވިދާޅުވި ގޮތުގައި ކުންފުނީގެ މުދާ އުފުލުން ފަދަ ލޮޖިސްޓިކްސްއަށް ވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި 200 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ފެނަކައިގެ ޕްރޮކިއުމަންޓުގެ ތެރެއިން ވެސް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން ފާހަގަކުރައްވައި މުއާޒް ވިދާޅުވި ގޮތުގައި، ކުންފުންޏަށް ބޭނުންވާ ސަމާނު މުޅިންހެން ގަނެފައިވަނީ އެމަޖެންސީ ޕްރޮކިޔުމަންޓުގެ ގޮތުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ފެނަކައިން އަމިއްލައަށް އިމާރާތްތައް ހަދަން ނިންމުމުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ކަމަށާއި އެކަމުގައި ބޯޑުގެ ބަހެއް ހޯދާފައިވާކަމަށް ރެކޯޑްތަކުން ނުފެންނަ ކަމަށެވެ.
އެގޮތަށް ނަގާފައިވާ ގިނަ މަޝްރޫއުތައް އަދިވެސް ނިމިފައިނުވާ އިރު، އެ ތަންތަނަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް މުވައްޒަފުން ނަގާފައިވާކަމަށާއި ބޭނުންވާ ވަރަށް ވުރެ އިތުރަށް ސާމާނު ވެސް އަގުބޮޑުކޮށް ހޯދާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު ތިބި ވެންޑާސް ވެސް ނަގާފައި ހުރީ ރަނގަޅަށް ނޫންކަމަށާއި އެ ވެންޑާސް ލިސްޓު ކެންސަލް ކޮށްލުމަށް ފަހު އަލުން ރަޖިސްޓްރީވާން ވަރަށް އަވަހަށް ވެންޑާސް އަށް އަންގާނެކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިނގާފައި ހުރި ގޯސްތައް ބަލަން މެނޭޖްމަންޓް އޮޑިޓް އެއް ހަދާނެކަމަށާއި މިކަން ކުރަން ނިންމާފައިވަނީ ތިން ޕާޓީ އުސޫލުގެ ދަށުން ނެވެ. މި އޮޑިޓަށް ފަހު ފިޔަވަޅުއަޅަން ޖެހޭ ފަރާތަށް ހޯދާ ފިޔަވަޅު އަޅާނެކަމާށާއި ދައުވާ ކުރަންޖެހޭ ފަރާތްތަކަށް ދައުވާވެސް ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދަރަނި ކުޑަ ކުރަން ކުރަން ޖެހޭ ކަންތައް ހޯދާ ދެނެގަންނާނެކަމަށާއި އެ ފަދަ ކަންކަމަށް އޭނާ ސަމާލުކަން ދޭނެކަމަށެވެ.