ads
ކޯސްޓުގާޑުގެ ކޮމާންޑަރުކަމަށް ކާނަކް ސަލީމް
ގައުމީ ދިފާއީ ބާރު(އެމްއެންޑީއެފް) ކޯސްޓްގާޑުގެ ކޮމަޑާންޑަރުގެ މަގާމަށް ކާނަލް މުހައްމަދު ސަލީމް އައްޔަންކުރައްވައިފި.

މިއަދު ސަލީމު ކޯސްޓުގާޑުގެ ކޮމާންޑަރުކަމަށް ހަމަޖައްސައި ލިޔުން ހަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުﷲ އެވެ.

ސަލީމް އެމަގާމަަށް ހަމަޖެއްސީ ކުރިން އެމަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހަމަޖެއްސުމުން އެމަގާމު ހުސްވުމުންނެވެ.

ސަލީމް ވަނީ މީގެ ކުރިން ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑިރެކްޓަރުކަމާއި ކޯސްޓްގާޑު ކޮމަންޑެންޓްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް