ads
ސާކް ގައުމުތަކުގެ ސިއްހީ ޕްރޮފެޝަނަލުން ވީޑިއޯ މެދުވެރިކޮށް މަޝްވަރާކުރަނީ-- ފޮޓޯ: އެޗްޕީއޭ
ސާކް ގައުމުތަކުގެ ސިއްހީ ޕްރޮފެޝަނަލުން ވީޑިއޯ މެދުވެރިކޮށް މަޝްވަރާކޮށްފި
ސާކްގެ މެމްބަރު ގައުމުތަކުގެ ޓެކްނިކަލް ސިއްހީ ޕްރޮފެޝަނަލުންގެ މެދުގައި ވީޑިއޯ ކޮންފަރެންސް ސެޝަން މިއަދު ބާއްވައިފި އެވެ. 

މި ކޮންފަރެންސްގެ މަގުސަދަކީ މެމްބަރު ގައުމުތަކުގެ ހާލަތު އެއް ގައުމުން އަނެއް ގައުމާ ހިއްސާ ކުރުމާއި، ލިބިފައިވާ މައުލޫމާތުތައް ހިއްސާ ކުރުމެވެ. 

މީގެ ކުރިން ސާކްގެ ގައުމުތަކުގެ ވެރިންގެ މެދުގައި ވެސް ވީޑއޯ ކޮންފަރެންސެއް ބާއްވާ، އެމަޖެންސީންސް ފަންޑެއް ވަނީ ގާއިމްކޮށްފަ އެވެ.

ސާކް ގައުމުތަކުގައި ވެސް މިހާރު ދަނީ ކޮރޯނާ ވައިރަސްގެ ނުރައްކަލާ ކުރިމަތިލާފަގެ ބަލިން ސަލާމަތްވުމަށް އިންޑިއާ އާއި ސްރީލަންކާ އިން ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާއިރު ބަންގަލަދޭޝް އިން ނާއި ޕާކިސްތާނުގައި ވެސް ދަނީ ކޮވިޑް19 ފެތުރެމުންނެވެ،

ލަންކާގައި ކޮވިޑް-19 އަށް 102 މީހުން ޕޮޒިޓިވް ވެފައިވީއިރު، މިހާރު ތިން މީހަކު ވަނީ މި ބަލިން ސަލާމަތް ކުރެވިފަ އެވެ. އަދި ފާއިތުވެދިޔަ 24 ގަޑިއިރު ގެ ތެރޭގައި އާ އެއްވެސް ކޭސް އެއް ފެނިފައި ނުވާ ކަމަށް ސްރީ ލަންކާގެ ސަރުކާރުން ވަނީ ރިޕޯޓްކޮށްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް