ads
ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ނޫސްވެރިންގެ ބައްދަލުވުންތަކެއް ބާއްވަނީ
ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް މީޑިއާއަށް ހާމަކުރުމަށް ނޫސްވެރިންގެ ސިލްސިލާ ބައްދަލުވުންތައް ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މި ހަފުތާގައި ފަށައިގެން ކުރިއަށްދާކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބު މިހެން ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތަކާއި، ކުރަމުންދާ މަސައްކަތްތަކާއި، ގުޅޭ މައުލޫމާތު، ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސަރުކާރުގެ ވުޒާރާތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތަފުސީލު ހާމަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވިދާޅުވީ މި މަހުގެ 25 ވީ ހޯމަ ދުވަހު މީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފަވާކަމުގައެވެ. އަދި އެ ބައްދަލުވުން ބޭއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯމާލަމުކަމަށާއި ކުރިއަށްއޮތްތަނުގާ އެހެން މިނިސްޓްރީތަކުންވެސް މިފަދަ ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށްގެންދަވާނެކަމުގައި ޝަހީބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާއި ގުޅޭ މަޢުލޫމާތު ހާމަކުރުމަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އަންނަނީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންކަމަށާއި، މި ގޮތަށް ނޫސްވެރިންގެ ބައްދަލުކުރެއްވުންތައް ބާއްވަނީ ސަރުކާރުން ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ކަންކަން އަންގައިދެއްވުމަށްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.  

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، މި ސަރުކާރުން އެއްވެސްވަރަކަށް ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރު ހިންގަވާނެކަމުގައި، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންނަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރާއި ގުޅޭ މަޢުލޫމާތު ހާމަކޮށްދޭން، ސިލްސިލާކޮށް ބާއްވަމުން ގެންދަވާ ބައްދަލުވުމުގެ ތެރެއިން ދެވަނަ ނޫސްވެރިންގެ ބައްދަލުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް