ads
ހައުސްފުލް 5 ގެ ތަރިން. ރިތޭސް، އަކްޝޭ އަދި އަބީޝެކް
"ހައުސް ފުލް 5" އަށް އަބީޝެކްވެސް
ކާމިޔާބު ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ކޮމެޑީ ޕްރެންޗައިޒް "ހައުސް ފުލް 5" ގެ ޓީމުގައި އަނެއްކާވެސް އަބީޝެކް ހިމެނިއްޖެއެވެ.

2016 ވަނަ އަހަރު ނުކުތް " ހައުސް ފުލް 3" ގައިވެސް އެ ފްރެންޗައިޒްގެ މައިގަޑު ދެތަރިންކަމަށްވާ އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކާއި އެކު އަބީޝެކް ހިމެނުނެވެ. 

މި ފިލްމުގެ ލީޑް އެކްޓަރުން އިއުލާންކުރި ނަމަވެސް ފިލުމުގެ ބަތަލާއިންނަކީ އަދި ކޮންބައެއް ކަމެއް ޕްރޮޑަކްޝަން ހައުސްއިން ހާމައެއް ނުކުރެއެވެ. 

"ހައުސް ފުލް 5" ޝޫޓިންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓްމަހުގެ ތޭރޭގައެވެ. ފިލުމުގެ ބޮޑުބައެއް ކުރޫޒްލައިނާއެއްގައި ނަގަން ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިންތައް ފަށާނީ އިނގިރޭސި ވިލާތުގައެވެ. ތަރުން މަންސުކާނީ ޑައިރެކްޓްކުރާ މި ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ އަހަރުގެ ޖޫންމަހުގެ 6 ވަނަދުވަހުއެވެ. 

your imageއަބީޝެކާއި ހައުސްފުލްގެ ޕްރޮޑިއުސާ

"ހައުސްފުލް 5" ގެ ޑައިރެކްޓަރ ތަރުން އަކީ އަބީޝެކާއި ޕްރިޔަންކާ ޗޯޕްޅާގެ އިތުރުން ޖޯން އަބްރަހަމް ފެނިގެން ދިޔަ 2008 ގެ ރޮމޭންޓިކް ކޮމެޑީ "ދޯސްތާނާ" ގެވެސް ޑައިރެކްޓަރެވެ.  

"ހައުސްފުލް" ފުރަތަމަ ފިލްމު ސްކްރީންތަކަށް އައީ 2010 ގައެވެ. އަދި ދެވަނަ ބައި ރިލީޒްކުރީ 2012 ގައެވެ. މި ދެބައިގެވެސް ޑައިރެކްޓަރަކީ މަޝްހޫރު ކޮމޭޑިއަން ސާޖިދު ހާންއެވެ. "ހައުސްފުލް 3" އާއި "ހައުސްފުލް 4" ގެ ޑައިރެކްޓްކުރީ ފަރުހާދު ސަމްޖީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް