ads
ނައިބު ރައީސްގެ ދަތުރުފުޅަށް 3.1 މިލިއަން ރުފިޔާ ހަރަދުވި
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ޗައިނާ އަދި ޖެނީވާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލުތައް ސަރުކާރުން ހާމަކޮށްފި އެވެ.

 ނައިބު ރައީސް، ޑިސެންބަރު 4 އިން 14 އަށް "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 3.1 މިލިއަން ރުފިޔާ ހަރަދުވިކަމަށް ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވީ ނައިބު ރައީސް ޗައިނާ އަދި ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ހަރަދަކީ 3،189،544.58 ރުފިޔާ ކަމަށެވެ.

 އެއީ އެ ދެ ދަތުރުފުޅުގެ ޓިކެޓްގެ ޖުމްލަ ހަރަދަކީ 2،413،029.54 ރުފިޔާކަމަށް އެ އޮފީހުން ހާމަކޮށްފަވެއެވެ. 

 ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޖުމްލަ ހަރަދަކީ 180،735.90 ރުފިޔާއެވެ. 

ޗައިނާ ދަތުރުފުޅުގައި ވަފުދުގެ ބޭފުޅުންނަށް ހުރުމާއި، ފަރިއްކޮޅާއި، އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތައް ހަމަޖެއްސީ ޗައިނާގެ ސަރުކާރުންނެވެ. 

ޝަހީބު ވިދާޅުވީ ނައިބު ރައީސް ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ހަރަދަކީ 595،779.14 ރުފިޔާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނާއި، ނައިބު ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ހަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ފަސްޓް ކްލާސްގައި ދަތުރުނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެފަހުން ކުރެއްވި ހުރިހާ ދަތުރުތަކެއްގައި ވެސް ދަތުރުކޮށްފަވަނީ ފަސްޓް ކްލާސްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް