ads
ގިފިލިމަތިން އަރާ ކުޑަ ކުއްޖަކާ ބެހުނު މައްސަލަ އަލުން ބަލަން އަންގައިފި
ރ. އަލިފުށީގައި ގިފިލި މަތިން އަރައި، ކުޑަ ކުއްޖަކާ ބެހުނު މީހެއްގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަމުރުކޮށްފިއެވެ.

މިއީ މީގެ 10 ވަރަކަށް އަހަރު ކުރިން، ރ. އަލިފުށީގައި ކުޑަ ކުއްޖަކާ ބެހުނު މީހެއްގެ މައްސަލައެވެ. އެ މައްސަލައިގެ ރިޕޯޓުން އެނގޭ ގޮތުގައި މައްސަލައިގައި ހިމެނޭ ފިރިހެން މީހާވަނީ 2011 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެކެވެ. 

މި މައްސަލަ 2016 ވަނަ އަހަރު އަލިފުށީ ކޯޓަށް ހުށަހެޅުނު އިރު، އެ ކޯޓުން ނިންމާފައިވަނީ އެ މައްސަލަ ސާބިތު ނުވާ ކަމަށެވެ. އެގޮތަށް އެ ކޯޓުން ނިންމުމުން، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. ހައިކޯޓުން އެ މައްސަލައިގެ ހުކުމް ކުރީ ބުރާސްފަތި ދުވަހުއެވެ. 

އެ މައްސަލައިގައި ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އަލިފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ ބެލުމަށެވެ. މި މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ އިސްފަނޑީޔާރު ހިމެނޭހެން ތިން ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ. 

89%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް