ads
އާސެނަލް - ވެސްޓް ހޭމް މެޗުގެ ތެރެއިން
އާސެނަލް އިން ފުރުސަތު ނަގާލައިފި
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް އަތުން ބަލިވެ، ޓޭބަލްގެ އެއްވަނައަށް އަރަން އާސެނަލްއަށް ލިބުނު ފުރުސަތު ނަގާލައިފިއެވެ.

ރޭ ވެސްޓް ހޭމް އޔުނައިޓެޑް އަތުން އާސެނަލް ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ. މި މެޗުން ބަލިވުމުން، އާސެނަލް އަށް މަގާމު ދިފާއު ނުކުރެވި، އަންގާރަ ދުވަހުގެ ރޭ ބާންލީ އަތުން ލިވަޕޫލް މޮޅުވެ، ދެ ޕޮއިންޓްގެ ލީޑެއް ހޯދާފައި އޮތުމުންނެވެ.

އާސެނަލް ކޮޅަށް ލަނޑުޖަހައި ވެސްޓް ހޭމުން ލީޑު ނެގީ ތޯމަސް ސޫޗެކް ޖެހި ލަނޑުންނެވެ. ވެސްޓް ހޭމުން ލީޑު ފުޅާ ކުރީ ދެވަނަ ހާފުގައި، ކޮންސްޓަންޓީނޯސް މަވްރޮޕާނޯސް ބޮލުން ޖަހައިދިން ގޯލުންނެވެ.

މި ނަތީޖާއާއެކު އާސެނަލް ވަނީ 19 މެޗުން ލިބުނު 40 ޕޮއިންޓާ އެކު ދެވަނައަށް ވެއްޓިފަ އެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ 19 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް