ads
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް
ލަކުޑި ގަނޑަކުން ހަމަލާދިން އިންޑިޔާ މީހަކު ހައްޔަރުކޮށްފި
ލަކުޑި ފަތިގަނޑަކުން، އަދި ގާ ބުރިއަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި އިންޑިޔާ މީހަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވާ އިންޑިޔާ މީހާއަކީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ. މީނާ ހަމަލާ ދިނީ ދިވެއްސަކަށް ކަމެއް ނުވަތަ ބިދޭސީ އަކަށް ކަމެއް ސާފެއް ނުވެއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މާރާމާރީއާ ގުޅިގެން މި މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް