ads
އެމްބާޕޭ
އެމްބާޕޭ ލިވަޕޫލަށް
ޕީއެސްޖީގެ ފްރާންސް ތަރި، ކީލިއަން އެމްބާޕޭ އަންނަ ސީޒަންގައި ލިވަޕޫލަށް ބަދަލުވެދާނެ ކަމަށް އިގިރޭސި މީޑިއާތަކުން ބުނެފިއެވެ.

ޕީއެސްޖީއާ އެކު، އެމްބާޕޭ، 24، ހުރީ މި ސީޒަނުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ. ޖޫން މަހުގެ ނިޔަލަށް އޮތް އެ ކޮންޓްރެކްޓާ މެދު މި މަހުގެ ކުރިން ޕީއެސްޖީ އަށް ގޮތެއް ނުނިންމިއްޖެނަމަ ޖަނަވަރީ ފުރަތަމަ ދުވަހުން ފެށިގެން، އެމްބާޕޭ އަށް ބޭނުން ޓީމުތަކަކާ އެކު މަޝްވަރާ ކުރެވޭނެ އެވެ. އަދި ބޭނުންނަމަ ޖުލައި އެއް ވަނަ ދުވަހު އާ ޓީމަކާ ގުޅޭގޮތަށް ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވޭނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ލިވަޕޫލްގެ ކޯޗު ކްލޮޕްއާ އެމްބާޕޭއާ ގާތް ގުޅުމެއް އޮވެއެވެ. އަދި އެ ގުޅުމުގެ ތެރެއިން، ޖަނަވަރީ އެއްވަނަ ދުވަހު ލިވަޕޫލާއެކު ރަސްމީކޮށް އެމްބާޕޭއަށް ވާހަކަ ދައްކަން ފެށޭނެ ކަމަށް އިގިރޭސި މީޑިއާތަކުން ބުނެއެވެ.

ޕީއެސްޖީގެ ކޮންޓްރެކްޓްގެ އެންމެ ފަހު ދުވަސްތައް މިހާރު ގުނަމުންދާއިރު، އެމްބާޕޭ އަށް އާ ކޮންޓްރެކްޓެއް އެ ކްލަބުން ވަނީ ހުށަހަޅައިފަ އެވެ. އެ އެއްބަސްވުމަށް އެމްބާޕޭ ނުރުހޭނަމަ ޖެނުއަރީ ޓްރާންސްފާ ތެރޭގައި ޕީއެސްޖީން އޭނާ ވިއްކާލުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ ސީޒަން ނިމުމުން އެމްބާޕޭ އަށް ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރުމުގެ ފުރުސަތު އޮތްއިރު، ޓީމުގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ ކްލަބް ދޫކޮށްލާއިރު އެއްވެސް ފައިސާއެއް ނުލިބިދާނެތީވެ އެވެ.

އެމްބާޕޭ ލިވަޕޫލަށް ބަދަލުވެދާނެ ކަމަށް އިގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އެމްބާޕޭގެ ސޮއި ހޯދުމަށް ރިއާލް މެޑްރިޑުން ތިބީ ތައްޔާރުވެގެންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް