ads
އިސްލާމިކް ޓީވީ ޗެނަލާއި ޒަކާތު ހައުސް އިފްތިހާހު ކުރުން އަންނަ މަހު
އިސްލާމިކް ޓީވީ ޗެނަލް ލޯންޗު ކުރުމާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އަންނަ މަހު އިފްތިތާހު ކުރުމާއެކު ގިނަ ހަރަކާތްތަކެއް އަންނަ މަހު ކުރުމަށް ރާވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނިގޮތުގައި ގޮތުގައި އަންނަ އަހަރުގެ ފުރަތަމަ މަސްކަމަށްވާ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު ރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހު ކުރާނެ އެވެ. އަދި އިސްލާމިކް ޓީވީ ޗެނަލް ލޯންޗް ކުރާނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.

އެ ދެ ހަރަކާތުގެ އިތުރުން ހަތް ކަމަށް ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ރާވާފައި ކަމަށް ބުނެ އެވެ. އެގޮތުން ތާވަލުކޮށްފައިވާ ކަންތައްތަކަކީ:

ޖެނުއަރީ 02: ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހު ކުރުން

ޖެނުއަރީ 03: އިސްލާމީ ދައުވަތުގެ 2024 ވަނަ އަހަރުގެ ޕްލޭން އިފްތިތާހު ކުރުން

ޖެނުއަރީ 04: އަތޮޅު ވަގުފު މަޝްރޫއު އިއުލާނުކުރުން.

ޖެނުއަރީ 05: ސައޫދީ އަރަބިއްޔާގައި ހައްޖާއި އުމްރާގެ ހިދުމަތުގެ އެއްބަސްވުމުގައި ސޮއިކުރުން

ޖެނުއަރީ 21: މިނިސްޓްރީގެ 2024 ވަނަ އަހަރުގެ އެކްޓިވިޓީ ޕްލޭން އިފުތިތާހުކުރުން

ޖެނުއަރީ 22: ރަމަޟާން މަހުގެ އިހުޔާ ޕްރޮގްރާމުތައް ގެންދާނެ ގޮތް މީޑިއާތަކާ ހިއްސާކުރުން

ޖެނުއަރީ 23: ރާއްޖެއިން ހައްޖު މީޑިއާ ކަވަރޭޖް ރާއްޖެ އާއި ސައޫދީގައި ކުރިއަށްގެންދާނެ ގޮތް މީޑިއާތަކާ ހިއްސާކުރުން

މީގެ އިތުރުން 1 ޖެނުއަރީގައި ޒަކާތު ހައުސް އިފްތިތާހުކުރުމާއި 25 ޖެނުއަރީގައި އިސްލާމިކް ޓީވީ ޗެނަލް ލޯންޗު ކުރުން ހިމެނެއެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހު ޒަކާތު ހައުސް އިފްތިތާހް ކުރުމަށް ތައްޔާރުވަމުންދާއިރު ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނު ކުރުމާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް