ads
ޑޮމިނިކް ތީމް
ވިހަގަދަ ހަރުފައެއް ފެނިގެން މެޗު މެދު ކަނޑާލައިފި
ބްރިސްބޭން އިންޓަނޭޝަނަލް ކޮލިފައިން އިވެންޓުގައި ޖޭމްސް މެކެބް އަތުން ޑޮމިނިކް ތީމް މޮޅުވި މެޗުގައި ވަރަށް ވިހަ ހަރުފައެއް ފެނިގެން މެޗުގެ ކުޅުން 40 އަކަށް މިނިޓަށް މެދު ކަނޑާލަން ޖެހިއްޖެއެވެ.

ޔޫއެސް އޯޕަންގެ ކުރީގެ ޗެމްޕިއަން ތިއެމް އޮސްޓްރޭލިއާގެ މެކްކޭބް އަށް ސެޓް ޑައުން ވެގެން ދިޔައިރު، މެޗު މެދު ކަނޑާލަން ޖެހުނީ، ކޯޓުގެ ކަރަންޓު ވަޔަރުތައް ކައިރިން ވިހަ ގަދަހަރުފަ ފެނިގެންނެވެ. 

މެޗު މެދު ކަނޑާލުމަށް ފަހު، 40 ސެންޓިމީޓަރުގެ އެ ހަރުފަވަނީ ރައްކާތެރިކަމާއެކު ނަގައިގެން ގެންގޮސްފައެވެ. އެކަންކޮށްފައިވަނީ ޕްރޮފެޝަނަލް ޕްރޮފެޝަނަލް ސްނޭކް ކެޗަރެކެވެ.

"އަހަރެން ވަރަށް ލޯބިވޭ ޖަނަވާރުތަކަށް، ހާއްސަކޮށް އެކްޒޮޓިކް ޖަނަވާރުތަކަށް، އެކަމަކު އެމީހުން ބުނީ އެއީ ހަގީގަތުގައި ވެސް ވިހަ ހަރުފައެއް ކަމަށާއި އޭތި ފެނުނީ ބޯޅަ ހޮވާ ކުދިން ތިބޭތަނާ ވަރަށް ކައިރިން ކަމަށް. އެހެންވީމަ އެއީ ހަގީގަތުގައި ވެސް ނުރައްކާތެރި ހާލަތެއް". މެޗަށް ފަހު ތީމް ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް