ads
އިޒްރޭލްގެ ހަމަލާއެއްގައި މަރުވި ފަލަސްތީނުގެ ކުޑަކުއްޖަކު އޭނާގެ ބައްޕަގެ އަތުން ވަޅުލަން ތައްޔާރު ވަނީ
ގާޒާގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ބަލައިދިނުމަށް އެފްރިކާއިން އެދިއްޖެ
ފަލަސްތީނުގެ ގާޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާ - ގަތުލުއާންމުގެ މައްސަލަ އިންސާފާ ބެހޭ ބައިނަލްއަގުވާމީ ކޯޓު - އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ދެކުނު އެފްރިކާއިން ހުށަހަޅައިފި އެވެ.

ހުކުރު ދުވަހު އައިސީޖޭ އަށް ދެކުނު އެފްރިކާ އިން ހުށައެޅި މައްސަލައިގައި އިޒްރޭލުން ގާޒާގައި ހިންގަމުންދާ އަމަލުތައް "ގަތުލު އާންމަކަށް ވަނީ ފަލަސްތީނުގެ ގައުމިއްޔަތުކަމާއި ނަސްލާއި ދަރިފަސްކޮޅު ނައްތާލުމުގެ ނިޔަތެއް" އޮތުމުން ކަމަށް ބުނެފައިވެ އެވެ.

"ސުވާލު އުފެދޭ އަމަލުތަކުގެ ތެރޭގައި ގާޒާގައި ފަލަސްތީނު ރައްޔިތުން މެރުމާއި އެމީހުންނަށް ސީރިއަސް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ދިނުމާއި އަދި އެމީހުން ނެތިދިޔުމަށް ފަހިކުރުވާ ފަދަ ދިރިއުޅުމުގެ ހާލަތްތަކެއް މެދުވެރި ކުރުވުން" ހިމެނޭ ކަމަށް މައްސަލައިގައި ބުނެފައިވެ އެވެ.

މުޅި ގާޒާ އަކީ ހަނގުރާމައިގެ މައިދާނަކަށް ޒަޔަނިސްޓުން ހަދައިފި ކަމަށާއި އެކަމަކު ޣައްޒާގެ ރައްޔިތުން އިޒްރޭލާ ދެކޮޅަށް ހަތިޔާރު އުފުލާތީ އެއްވެސް ބަޔަކަށް ނުފެންނަ ކަމަށް ވެސް އައިސީޖޭއަށް ހުށަހެޅި މައްސަލާގައި ވެއެވެ.

އިސްރާއީލުން ގާޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ގެންގުޅޭ ސިޔާސަތު ތަކާއި، ދެކުނު އެފްރިކާގައި ކުރިން އޮތް ނަސްލީ ތަފާތު ކުރުމުގެ ވެރިކަމާއި ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަފަމޯސާ ވަނީ އެއްގޮތް ކުރައްވާފަ އެވެ.

ރަފަމޯސާގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ދުނިޔޭގެ ގިނަ ޖަމިއްޔާތަކަކުން ވެސް ވަނީ ޔަހޫދީ އިޒްރޭލުގެ މައްޗަށް މި ތުހުމަތުތައް އުފުލާފަ އެވެ.

ޔަހޫދީންނާ ދެކޮޅަށް ދެކުނު އެފްރިކާއިން ދުނިޔޭގެ ކޯޓަށް މައްސަލަ ހުށަހެޅުމުން ފަލަސްތީނުން ވަނީ އެ ކަމަށް މަރުހަބާ ކިޔާފަ އެވެ.  

ޔަހޫދީ އިޒްރޭލަށް ވަރުގަދައަށް ފާޑުކިޔަމުން އަންނަ ސައުތު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ މިދިޔަ މަހު އިޒްރޭލުގެ އެމްބަސީ ބަންދު ކުރުމަށް ވެސް ނިންމާފަ އެވެ. އަދި އިޒްރޭލާ އެކު އޮތް ރަސްމީ ގުޅުންތައް މެދުކަނޑާލާ ހަމަލާތައް ބަދަލުކުރުން ހުއްޓާ ނުލަނީސް އަލުން އެ ގުޅުންތައް ގާއިމު ނުކުރުމަށް ވެސް ދެކުނު އެފްރިކާގެ މަޖިލިސް މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

ފަލަސްތީނުގެ ގާޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާގެ އަޑުއެހުންތައް ފަށާނެ ވަކި ތާރީހެއް ނެދަރލެންޑްސްގެ ދަ ހޭގްގައި ހުންނަ އައިސީޖޭން އަދި ކަނޑައަޅާފައެއް ނުވެ އެވެ. ޔަހޫދީންގެ އެ މައްސަލަ ދުނިިޔޭގެ ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް އެ ކޯޓުގެ އެއްވެސް ނިންމުމަކަށް ޔަހޫދީންގެ ހަރުކަށި ސަރުކާރުން އިހުތިރާމު ކުރާނެ ކަމަކަށް ނުބެލެވެ އެވެ.

your imageޔަހޫދީން ޝަހީދުކޮށްލައިފައިވާ ފަލަސްތީނުގެ އާއިލާއެއް؛ މިއީ އިންސާނީ ކަރިސާއެއް

ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ނަމުގައި ގާޒާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އެ ސިޓީގެ 2.3 މިލިއަން މީހުންގެ ތެރެއިން 21،500 އަށްވުރެ ގިނަ މީހުން ޝަހީދުވެ ޖުމުލަ އާބާދީގެ 90 ޕަސެންޓު މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފަ އެވެ. ނަމަވެސް ޔަހޫދީ އިޒްރޭލުން ގެންދަނީ ހުއްޓުމެއް ނެތި ވައިގެ މަގުންނާއި އެއްގަމު މަގުން ގާޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންނެވެ. ފަލަސްތީނުގެ މަސްރަހު ދިރާސާ ކުރާ އދ ގެ އޮފިޝަލުން ވަނީ ގާޒާގެ ހާލަތަކީ ދުނިޔެ މަތީ ނަރަކައިގެ ގޮތުގައި ސިފަ ކޮށްފަ އެވެ.

ދިގުމިނުގައި 41 ކިލޯމީޓަރު އަދި ފުޅާމިނުގައި 10 ކިލޯމީޓަރު ހުންނަ ގާޒާއަށް ހަނގުރާމަ ފެށުނީއްސުރެ މިމަހުގެ މެދާ ހަމައަށް އިޒްރޭލުން 33،000 ބޮން އަޅާފައިވާ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އެސެސްމެންޓުތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވެ އެވެ. އެ ނޫހުން ރިޕޯޓުކޮށްފައި ވަނީ އޭގެތެރެއިން 55-60 އިންސައްތަ ހަމަލާ އިޒްރޭލުން ދީފައި ވަނީ ވަކި ތަނަކަށް އަމާޒު ނުކޮށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް