ads
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަންނަން މަޝްވަރާކޮށްފި
މިހާރު ކުރަމުންދާ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތަކުން އަރައިގަންނަން ކުރެވިދާނެ ކަންކަމާބެހޭ ގޮތުން ލޯކަލް ގަވާމަންޓް މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.

އެ މިނިސްޓްރީކޮށްފައިވާ ޓްވީޓެއްގައި ބުނިގޮތުގައި މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު ވިއްސާރައިގައި ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމާބެހޭ ގޮތުން ކުރެވުނު މަޝްވަރާގައި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުގައި މިދުވަސްކޮޅު ރާއްޖެއަށް ކުރަމުން މިދާ ވައްސާރައިގެ ސަބަބުން ރަށްރަށައް ވަމުން ދާ ގެއްލުންތައް ގާތުން ބެލޭނެ ގޮތަކާއި މެދު މަޝްވަރާ ކުރި ކަމަށާއި އަދި ކުރިޔަށް އޮތްތަނުގައި މި ފަދަ ހާލަތެއް ކުރިމަތި ވިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަމާއ ބެހޭ ގޮތުން ވާހަކަ ދެކެވުންކަމަށް އެ މިނިސްްޓްރީން ބުނެއެވެ. މިނިސްޓްރީން ވެސް ވަނީ ރައްޔިތުން ރައްކައުތެރިވެތިބުމަށް އިލްތިމާސްކޮށްފަ އެވެ.

ލޯކަލް ގަވާމަންޓް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި އަހަރަކު ދެ ފަހަރު މާލެސިޓީ ސާފުކުރުމުގެ ދެ ޕްރޮގްރާމް ހިންގުމުގެ އިތުރުން ރާއްޖޭގެ ޕަބްލިކްވޯކްސް ޔުނިޓްތައް ހިންގުން ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެފައިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން މޯލްޑިވްސް މީޓްރޮލޯޖިކަލް ސެންޓަރުން މިއަދު ވަނީ މުޅި ރާއްޖެއަށް ވައިޓްއެލާޓް ނެރެފަ އެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވެސް މޫސޫމާބެހޭ ގައުމީ އިދާރާއިން އެދެ އެވެ.

އެ ސެންޓަރުން އިތުރަށް ބުނި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭކަމަށާއި އަދި ގުގުރު ވެސް އެކަށީގެންވާކަމަށެވެ. މީގެ އިތުރުން ގަޑިއަކު 40 މޭލުގެ ބާރުގައި ވައިޖެހޭކަމަށް ލަފާ ކުރެވޭނެކަމަށް އެ ސެންޓަރުން އިތުރަށް ލަފާކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް