އޭނާ މިހެން ވިދާޅުވީ މިއަދު ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެެވެ. މިކަންކަމުން ސަލާމަތް ވާނެ ގޮތަކީ އަބަދުވެސް ޕްލޭން ކުރެވިގެންދާ ކަންކަން ނަމަވެސް ގިނަ ފަހަރަށް މި ޕްލޭންތަކުގެ ސަބަބުން ރައްޔިތުން ބޭނުންވާ ފަދަ ނަތީޖާއެއް ނެރެވިފައި ނުވާކަމަށް އޭނާ ވަނީ މި ބައްދަލު ވުމުގައި ފާހަގަ ކުރައްވާފަ އެވެ.
މިކަންކަން ހައްލުކުރުމަށް ވަށާ ޖެހޭ ގޮތަށް މި މަސައްކަތް ކޮށްގެން މެނުވީ މިކަމަށް ހައްލެއް ނާންނާނެކަމަށް ގަބޫލު ކުރައްވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ
އޭނާ ވިދާޅުވި ގޮތުގައި މި މިނިސްޓްރީގެ ދަށުން ހުރިހާ ލޯ އެންފޯސްމަންޓް އިދާރާތަކެއް ހިނގެމުންދާތީ މަސްތުވާ ތަކެތި އެތެރެ ކުރުމަށް ހުޅުވިފައިވާ ދޮރުތައް މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ގުޅިގެން ބަންދު ކުރުމުގެ ފުރުސަތު ފުލުހުންނަށް ފަހިވެގެންގޮސްފައިވާކަމުގައެވެ.
މީގެ އިތުރުން ރާއްޖެ ރަށްތަކުގައި މަސްތުވާ ތެކެތި ބޭނުން ކުރާ ފަރާތްތައްް ހޯދާ އެ މީހުން މޯލްޑިވްސް ޑްރަގްސް އެޖެންސީ އާއި ހަވާލު ކުރުމުގެ މަސައްކަތް މިހާރަށް ވުރެން ހަރުދަނާ ވެގެން ދާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ވިއްކާ އަދި ބޭނުންކުރާ ބިދޭސީންގެ ކަންކަން ބަލާ ނިމުމުން މޯލްޑިވްސް އިމިގްރޭޝަން އާއި ގުޅިގެން އެ މީހުންގެ ކަންތައް ހައްލު ކުރުމުގެ މަސައްކަތަށްވެސް ކުރިޔަށް އޮތް ތަނުގައި ވަރަށް ފަސޭހަ ވެގެން ދާނެކަމަށެވެ.
މީގެ އިތުރުން މީހުން ދިރި އުޅޭ ރަށްތަކަށް ބަނގުރާ އެތެރެ ކުރާ ސަފަރީތައް ހޯދާ އެކަންކަން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ކުށްކުރާ މީހުންގެ ބިރުވެރިކަން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އެބައޮތް ކަމަށާއި މިކަމަށް އަބަދުވެސް ފުލުހުން މަސައްކަތް ކުރަމުންދާކަމަށް އޭނާ ބުނިއެވެ. އޭނާ ވިދާޅުވީ ނަމަވެސް އެ މަސައްކަތް އެންމެ ރަނގަޅު ނޫންކަމަށާއި މި ގްރޫޕްތަކަށް ފިޔަވަޅު އެޅުމުގެ އިތުރުން އެ ގްރޫޕް ތަކުގައި އުޅޭ 18 އަހަރުން ދަށުގެ ކުދިން ނަގާ ކަމާއި ބެހޭ އިދާރާ ތަކާއި ގުޅިގެން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްތައް ކުރިޔަށް އޮތްތަނުގައި ވަރަށް ފުޅާކޮށް ފުލުހުން ކުރިޔަށް ގެންދާނެކަމުގަ އެވެ.
މި ގްރޫޕުތަކުގެ ބޮޑުންނާއި ހަމަޔަށް ވާސިލްވުމަށް ކުރަން ޖެހޭ މަސައްކަތް މި ދައުރުގައި ކުރާތަން ފެނިގެންދާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މިކަމާއި ގުޅިގެން އިދާރާތަކާއި ގުޅިގެން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް އޭނާ ވިދާޅުވި އެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޝުޖާއު ވަނީ މިއަދު ފުލުހުންގެ ސީނިއާ ލީޑާޝިޕާއި ކޮމިޝަންޑު އޮފިސަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި, ނޫސްވެރިންނަށް ސުވާލު ނުކުރެވޭ ގޮތަށް ނިއުސް ބްރީފިންއެއް ވެސް ބޭއްވި އެވެ.
އެ ބްރީފިންގައި މައިގަނޑު ގޮތެއްގައި ޝުޖާއު ފާހަގަކުރެއްވީ ގާނޫނުން ފުލުހުންގެ ހިދުމަތަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރައްވާނެ ކަމަށެވެ.