ads
ބެއާ ބޯޓު ރަޖިސްޓްރީ ކޮށްދޭ އުސޫލަށް ސަރުކާރުން ބަދަލު ގެނެސްފި
އިމްޕޯޓް އެކްސްޕޯޓަށް ގާނޫނަށް މި ފަހުން ގެނައި އިސްލާހުގެ ދަށުން މިއަދުން ފެށިގެން ބެއާބޯޓު ރަޖިސްޓަރީ ކޮށްދިނުން ހުއްޓާލަންޖެހޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާ ގުޅިގެން ސަރުކާރުން މިވަނީ ބެއާ ބޯޓު ރަގިސްޓްރީ ކޮށްދޭ އުސޫލު ބަދަލުކޮށްފަ އެވެ.

މިގެނެވުނު ބަދަލުގެ ދަށުން މިއަދުން ފެށިގެން ބެއާބޯޓެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭނީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ބޭނުންކުރާ ރާއްޖޭން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކާއި ހައި އެންޑް ލަގްޒަރީ ކެޓަގަރީގެ އުޅަނދުތަކުގެ އިތުރުން އަދި ޕްލެޝާ ކްރާފްޓްގެ ގޮތުގައި ރާއްޖޭން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 13.7 މީޓަރަށް ވުރެން ދިގު އުޅަނދުތައް ވެސް ރަޖިސްޓަރީ ކޮށްދޭނެކަމަށް ޓްރާންޕޯޓް މިނިސްޓްރީން ހާމަ ކުރެއެވެ.

މީގެ އިތުރުން ޕްލެޝާ ކްރާފްޓުތައް ރަޖިސްޓަރީ ކޮށްދޭނީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީސްގެ ކްލެސިފިކޭޝަން ސޮސައިޓީއަކުން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ކްލާސް ސެޓުފިކެޓް ނުވަތަ ޔޫރިޕިއަން ޔޫނިއަނުން ކަނޑައަޅާ ފަރާތަކުން ދޫކޮށްފައިވާ ސެޓްފިކެޓް އޮފް އެގްޒެމިނޭޝަން އޮތް އުޅަނދުތަކަށް ކަމަށާއި އަދި  އުޅަނދުތައް ރަޖިސްޓަރީ ކޮށްދެނީ ލަގްޒަރީ އުޅަނދެއް ނަމަ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީސްގެ މެންބަރު ކްލެސިފިކޭޝަން ސޮސައިޓީއަކުން ކްލާސްކޮށް، ބަނދެފައިވާ އަދި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިިފިކޭޝަން ސޮސައިޓީސްގެ މެންބަރު ކުލާހުގައި ދެމިއޮތް އުޅަނދެއްކަން އަންގައިދިނުމަށް ދޫކޮށްފައިވާ ކްލާސް ސެޓުފިކެޓް އޮތް އުޅަނދަކަށް ވާ ނަމަ ކަމުގައިވެސް ޓްރާންޕޯޓް މިނިސްޓްރީއިން ހާމަކޮށްފައިވެ އެވެ. 

ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ބޭނުންކުރާ އުޅަނދުތައް ބެއާބޯޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރާ ނަމަ ސުންރޭޓް ޓެރިފުގައި ރާއްޖެ އެތެރެކުރުމަށް ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ތިން ކެޓަގަރީގެ ތެރެއިން ކޮންމެ އުޅަނދެއް ވެސް ބެއާބޯޓެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓަރީ ކޮށްދޭނީ ގިނަވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.

ބެއާބޯޓަކީ އެ އުޅަނދު ޗާޓަރުކުރާ ފަރާތްތަކުން އަމިއްލަ އަށް އުޅަނދު ދުއްވުމާއި ނެވިގެޓު ކުރުމަށް ދޫކުރާ އުޅަނދުތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް