ads
ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް ރައީސް ޒިޔާރަތް ކުރައްވައިފި
މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ގެއްލުން ލިބުނު ބައެއް ގެތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައި ހާލަތު ބައްލަވައިލައްވައިފިއެވެ.

 ރައީސް ގެތަކަށް ޒިޔާރަތް ކުރެއްވިއިރު އަރިހުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގެ އިތުރުން ބައެއް ވަޒީރުން ބައިވެރިވަޑައިގަތެވެ. 

your imageރައީސް ޑރ.މުއިއްޒު ގެއްލުން ލިބިނ

މިއަދު ކުރާ ވިއްސާރައިގައި ގެތަކުގެ އިތުރުން އެއްގަމު އުޅަނދުފަހަރުތަކަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. 

މާލޭގެ އިތުރުން މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ އަދި ފުވައްމުލަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ. 

your imageރައީސް ޑރ.މުއިއްޒު ގެއްލުން ލިބުން ގެތަކަށް ޒިޔާރަތް ކުރައްވަނީ

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މެދުރާއްޖެތެރެއަށް އޮރެންޖު އެލާޓު ނެރެފައިވާއިރު އެ އިދާރާއިން ހާމަ ކޮށްފައިވާ ގޮތުގައި މިރެއާއި މާދަމާ ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހޭނެ އެވެ.

 ނަމަވެސް އެއިދާރާއިން ލަފާކުރާ ގޮތުގައި މިއަދަށް ވުރެ މާދަމާ މޫސުން އަލިވާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް