މަޖިލިހުގެ އިދާރާ އިން ބުނި ގޮތުގައި އަސްލަމްގެ މި ދަތުރަކީ، ކޮމަންވެލްތުގައި ހިމެނިވަޑައިގަންނަވާ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 27 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމުގައެވެ.
މަޖިލިހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އަސްލަމް ޔުގަންޑާއަށް ފުރާވަޑައިގެންނެވީ މިއަދު އެވެ.
އަސްލަމް ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.