ads
ސަރުކާރުން ޓްރާންސް-ޝިޕްމެންޓް އަދި ރި-އެކްސްޕޯޓަށް ހާއްސަ ކުންފުންޏެއް އުފައްދައިފި
ސަރުކާރުން ޓްރާންސް-ޝިޕްމެންޓް އަދި ރި-އެކްސްޕޯޓަށް ހާއްސަ ކުންފުންޏެއް އުފައްދައިފި އެވެ.

މިރޭ މިކަން ހާމަކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. 

މިނިސްޓަރު ސައީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ވެލިއުއެޑް ކުރުމާއި ،ޓްރާންޝިޕްމަންޓް/ރިއެކްސްޕޯޓް ވިޔަފާރިއަށް ހާއްސަކޮށް 100 އިންސައްތަ ދިވެހި ކުންފުންޏެއް ކުންފުންޏެއް އުފައްދަން ނިންމާފައިވާކަމަށެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި އުފައްދާ އެކުންފުނި އުފެއްދެވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް މަރުހަބާ ވިދާޅުވެފައެވެ.

މިކުންފުންޏާ ގުޅޭ އިތުރު ތަފްސީލެއް އަދި އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

 މާލެ ސަރަހައްދުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްގީކުރުމަށާއި އެ މަޝްރޫއުގެ މަސައްކަތްތައް ފެށުމަކީ މި ސަރުކާރުން ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ.

ލ.އަތޮޅު ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބު ތެރޭގައި ވައުދުވެވަޑައިގެންފަ އެވެ.

"ގާދޫއަކީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ބަންކަރިން ފެސިލިޓީ ހިމެނޭ ތަނަކަށް ހަދައިދޭނަން." ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ. ފޮނަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް