ads
ޒަކާތު ހައުސް އިފްތިތާހު ކޮށްފި
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހު ކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމީޔާތުގައި ޒަކާތު ހައުސް އިފްތިތާހު ކޮށްދެއްވީ ރައީސް ޑރ. މުއިއްޒުއެވެ. 

މި ރަސްމީޔާތުގައި ވަހާކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ޝައީދު ވިދާޅުވީ މިއަދަކީ ދިވެހި ރާއްޖޭގެ ތާރީހުގައި އަދި އިސްލާމިކް މިނިސްޓްރީގެ ތާރީހުގައިވެސް އުފާވެރި އަދި ތާރީހީ ދުވަހެއްކަމަށެވެ. 

އޭނާ ފަހަގަކުރެއްވި ގޮތުގައި ޒަކާތް ހައުސްގެ ސަބަބުން ޒަކާތްގެ ކަންތައް މަތިވެރިކޮށް ޒަކާތުގެ ހައްގުވެރިންނަށް އޭގެ ނަފާ ލިބިދެވޭނެ މަގު ތަނަވަސް ވެގެން ދާނެކަމަށާއި މިކަން މިހެން ކޮއްދިނުމަށް މަސައްކަތް ކޮށްދެއްވަމުން ދާތީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

your imageޒަކާތް ހައުސް ގެ ލޯގޯ

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ދިވެހި ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ޒަކާތުގެ ވާހަކަ މެނިފެސްޓޯގައި ހިނމަނާ އެކަން ހަގީގަތަކަށް ހެއްދެވި ހަމަ އެކަނި ވެރި އަކީ ޑރ. މުއިއްޒު ކަމުގައެވެ. 

އެހެންކަމުން ރައިސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވެރިކަމުގެ އެހާ ކުރީ ކޮޅުގައި މިކަމަށް މި ދެއްވި ސަމާލުކަންވެގެން ދާނީ އެ މަނިކުފާނުގެ ވެރިކަމަށް މާތްﷲ ނަސްރާ ނަސީބާއި ކާމިޔާބު މިންވަރު ކުރައްވާނެ ކަމަކަށް-- ޑރ.ޝަހީމް 

ޒަކާތަކީ އިސްލާމް ދީނުގައި ވަރަށް މަތިވެރި މަގާމެއް ދެވިފައިވާ ރުކުނެއް ކަމަށާއި ޒަކާތުގެ ވާހަކަ ކީރިތި ގުރުއާންގައި އެތަށް މަގާމެއްގައި ވާކަމަށްވެ އޭނާ ވަނީ ވިދާޅުވެފައިއެވެ.

މިނިސްޓަރު ފާހަގަ ކުރެއްވިގޮތުގައި ޒަކާތް ހައުސްގެ މައިގަނޑު މަގްސަދަކަށް ވެގެން ދާނީ އާންމުން ޒަކާތާއި ބެހޭ ހޭލުންތެރި ކުރުވުމާއި ޒަކާތާއި ބެހޭ ގޮތުން ކުރަން ޖެހޭ ދިރާސާތައް ކުރުމުގެ އިތުރުން ޒަކާތުގެ ބައެއް ސަރުއީ ހަމަތަކުގެ މަތިން އިސްތިސްމާރު ކުރުން ކަމުގައެވެ. މީގެ އިތުރުން ޒަކާތުގެ މި މަތިވެރި ހުކުންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނެގެހެއްޓުންވެސް ވެގެން ދާނީ ޒަކާތު ހައުސްގެ މައިގަނޑު މަގުސަދުގެ ތެރޭގައި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް