ads
ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރު ގާއިމްކުރަނީ
ރާއްޖޭގެ ތިން ސަރަހައްދެގައި ރިހެބިލިޓޭޝަން ސެންޓަރު ގާއިމްކުރަން ސަރުކާރުން ނިންމައިފި އެވެ

ޕަބްލިކް ޕޮލިސީ ސެކްރެޓެރީ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ އަމިއްލަ ފަރާތްތަކުގެ އެހީ އާއެކު މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް ގާއިމްކޮށް ހިންގުމާ ބެހޭ ގޮތުން މަޝްވަރާކުރެވުން ކަމަށެވެ. 

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑުު މައްސަލައެއްކަމަށާއި އެކަމުން ސަލާމަތްވުމަށް އަވަސް ގޮތެއްގައި މަސައްކަތް ކުރަންޖެހިފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.

މި މައްސަލަ ހަލުކުރުމަށް ބައެއް ކަންތައްތައް  ކުރުމަށް ނިންމެވިފައިވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ގަނޫނާއި އިސްލާމް ދީނަށް ފުށުނާރާ ގޮތަކަށް ހިނގަން ނިންމާފައިވާކަމަށާއި އެ ޕްރޮގްރާމް ހިންގަން ނިންމާފައިވަނީ ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ އަތޮޅުގެ ކޮންމެވެސް އެއް ރަށެއްގަ އެވެ. އެ ރަށްރަށުގެ ކައުންސިލް އާ މަޝްވަރާކޮށްގެން ކުރިއަށްގެންދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ބޮޑުވެ މިހާރު ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފަ އެވެ. ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ވަނީ ޑްރަގް އެޖެންސީ ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް