ads
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މަސައްކަތުގެ މާހައުލާއި ގުޅޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި
މަސައްކަތުގެ މާހައުލާއި ގުޅޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބިލެކެވެ.
މި ބަލުގެ ގާނޫނުގައި 10 ބާބު އެކީ 76 މާއްދާ ހިމެނޭއިރު އޭގެ ތެރޭގައި ސިއްހީ ގޮތުން ރައްކާތެރިކަން މަސައްކަތުގެ މާހައުލުގައި ކަށަވަރުކޮށްދިނުމުގެ އުސޫލުތަކުގެ އިތުރުން މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ސިއްހީ ނުރައްކާތަކާއި ގެއްލުންތަކުން މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. 

އަލަށް ތަސްދީގު ކޮށްދެއްވި މި ބިލާއެކު މަސައްކަތްތެރިންގެ ސިއްހަތާއި ސަލާމަތާއި ގުޅޭގޮތުން ނިންމާ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި ބަސް ބުނުމުގެ ފުރުސަތު ހޯދައި ދެވޭނެ އެވެ. މީގެ އިިތުރުން މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓުތަކާއި ހާދިސާތަކުގެ ސަބަބުން ލިބޭ އަނިޔާތަކާއި ގެއްލުންތައް ރިޕޯޓުކޮށް، މައްސަލަ ބެލޭނެ ނިޒާމެއް ގާއިމްކޮށް، ބަދަލު ދެވޭނެ ނިޒާމެއް ކަނޑައެޅިގެންދާނެއެވެ.

މި ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަމަސް ދުވަސް ތެރޭގައި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ހަދަން ޖެހެއެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާނީ އޭޕްރީލްމަހުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް