މި ތައުޒިއްޔާގެ ޕޯސްޓްގައި ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ މެންބަރު ސަން ސިޔާމްގެ ބައްޕާފުޅު އަވަހާރަވި ހަބަރު އަޑުއެހީ ފުންހިތާމައާއިއެކުގައި ކަމަށާއި އަދި މަރުޙޫމަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިފައި ނައިބް ރައީސް ގެ ޕޯސްޓްގައި ވެއެވެ.
ސިޔާމް ގެ ބައްޕާފުޅު މުހަޙައްމަދު ގާސިމް އަކީ ކުޑަފަރީގެ ކަތީބުކަމާއި، ސްކޫލުގެ ނާޒިރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ގާސިމް ނިޔާވެފައިވަނީ އުމުރުފުޅުން 81 އަހަރުގައެވެ.
ދ.މީދޫ ދާއިރާގެ މެންބަރުގެ އިތުރުން ސިޔާމް އަކީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް (އެމްޑީއޭ) ގެ ރައީސް އެވެ.