ads
ކެޑޭޓް ކޭމްޕްގައި ބައިވެރިވާ ބޭރުގެ ކެޑޭޓުންނާ ނައިބު ރައީީސް ބައްދަލުކުރައްވައިފި
ގައުމީ ކެޑޭޓް ކޭމްޕްގައި ބައިވެރިވާ ބޭރުގެ ކެޑޭޓުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ބައްދަލުކުރައްވައިފި އެވެ.

ރައީީސް އޮފީހުން ހާމަކުރި ގޮތުގައި، 23 ވަނަ ގައުމީ ކެޑޭޓް ކޭމްޕްގައި ބައިވެރިވާ ބޭރުގެ ކެޑޭޓުންނާއި ނައިބު ރައީސް ބައްދަލުކުރެއްވީ މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީީސް ވަނީ ބޭރުގެ ކެޑޭޓުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ގައުމީ ކެޑޭޓް ކޭމްޕުގެ ތަޖުރިބާއިން ކެޑޭޓުންގެ އަމިއްލަ ކުރިއެރުމަށް އެހީތެރިކަން ލިބިގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީީސް ވަނީ ކޭމްޕުގައި ބައިވެރިވުމަށް މި ލިބުނު ފުރުސަތުގައި ތަފާތު ސަގާފަތްތަކަށް ނިސްބަތްވާ ކެޑޭޓުންގެ މެދުގައި ހިޔާލު ބަދަލުކޮށް ތަޖުރިބާގެ ލިބިގަތުމަށް ކެޑޭޓުންނަށް ހިތްވަރު ދެއްވާފައެވެ.

މި އަހަރުގެ ގައުމީ ކެޑޭޓް ކޭމްޕްގައި ބައިވެރިވަނީ އިންޑިއާއާއި ސްރީލަންކާގެ އިތުރުން ނޭޕާލްގެ ކެޑޭޓުންނެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގެ ތެރެއިން ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފާއި، ބޭރުގެ ކެޑޭޓްގެ ބޭފުޅުންގެ މެދުގައި ހަނދާނީފިލާ ބަދަލުކުރައްވާފައި ވެއެވެ.

މީގެއިތުރުން ނައިބް ރައީސް ވަނީ ރާއްޖެއަށް ޒިޔާރަތް ކުރެއްވީތީ ބޭރުގެ ކެޑޭޓުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ބައްދަކުވުމުގައި ބައިވެރިވި ބޭރުގެ ކެޑޭޓުން ވަނީ ސަރުކާރުން ދެއްވާ ފުރިހަމަ މެހެމާންދާރީއަށް، ދިވެހި ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

ގައުމީ ކެޑޭޓް ކޭމްޕަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބާއްވަމުން އަންނަ ކޭމްޕެކެވެ. މިފަހަރުގެ ގައުމީ ކެޑޭޓް ކޭމްޕް ކުރިއަށްދާނީ މިމަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް، ގިރިފުށީގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް