ads
ވިއްސާރައިގައި ގެއްލުންވި 70 ގެއަަކަށް ހަތަރު ލައްކަ ރުފިޔާ ދެނީ
މާލޭއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގެއްލުން ލިބުނު 70 ގެއަކަށް 4 ލައްްކަ ރުފިޔާ ދޭން ނިންމާފަވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓ(އެންޑީއެމްއޭ)އިން ބުނެފި އެވެ.

އެންޑީއެމްއޭ އިން ބުނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު މާލޭއަށް ކުރި ވިއްސާރައިގައި 34 ގެއެއްގެ އިމާރާތައް ގެއްލުން ލިބުނު ކަމަށާއި ސްޓްރަކްޗާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި 248،381 ރުފިޔާ ދޭން ނިންމާފައިވާކަމަށެވެ. 

އަދި 65 ގެބީސީއެއްގެ ހިފާގެންގުޅޭ ޒަރޫރީ ތަކެއްޗަށް 1.04 މިލިއަން ރުފިޔާގެ ގެެއްލުމެއް ލިބުނުކަމަށާއި، ބަދަލުގެ ގޮތުގައި ޖުމްލަ ގެއްލުމުގެ 20 އިންސައްތަކަމަށްވާ 208،861 ރުފިޔާ ދޭނެކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ ވިއްސާރައިގައި ގެއްލުންވި 87 ތަނެއްގެ އެސެސްމަންޓް ހަދާފައިވާކަމަށެވެ.

 އެތަނުން 19 ތަނަކީ އެކިއެކި ވިޔަފާރިކުރާ ތަންތަން ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް