ads
"ރައްކާތެރިކަމަށް ހޭދަކުރާ ކޮންމެ ޑޮލަރަކުން، 16 ޑޮލަރު ސަލާމަތްކުރެވޭ"
ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށް ހޭދަކުރާ ކޮންމެ ޑޮލަރެއްގެ ސަބަބުން ދައުލަތަށް ބޭސް ފަރުވާގެ ނިޒާމުން 16 ޑޮލަރު ސަލާމަތްކުރެވޭކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކޮށް ބުދަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވާ އެއް އެޖެންޑާއަކީ ރައްޔިތުންގެ ރައްކާތެރިކަން ކަމަށެވެ. 

"ރައީސްގެ ވަރަށް ބޮޑު އެޖެންޑާއެއް ރައްޔިތުންގެ ރައްކާތެރިކަން. ބަލިޖެހުމުގެ ކުރިން ރައްކާތެރިކަން ހޯދުން ނުވަތަ ޕްރިވެންޓިވް ހެލްތް ނިޒާމެއް އެއީ ރައީސް ވަރަށް ބޮޑަށް ޕްރޮމޯޓް ކުރައްވަން ބޭނުންފުޅުވާކަމެއް،"

މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ކުރިމަތިލެއްވީވެސް، ސިއްހީ ދާއިރާގެ ވަރަށް ގިނަ ދިރާސާތަކާ އެއްކޮށްކަމަށެވެ. 

"ކިއުރެޓިކް ސައިޑާ ޕްރިވެންޓިވް ސައިޑާ މި އޮންނަނީ. ޕްރިވެންޓިވް ސައިޑަށް މި ހޭދަކުރާ އެންމެ ޑޮލަރަކުން ފަރުވާގެ ސައިޑުން ސޯޅަ ޑޮލަރު އެބަ ސަލާމަތްކުރެވޭ. އެއީ ދައުލަތަށް ސަލާމަތްކުރެވޭ ވަަރަށް ބޮޑު އަދަދެއް ދެއްތޯ؟ ޕްރިވެންޓިވް ހެލްތް ޕްރޮމޯޓް ކުރުން އެއީ ރައީސް ވަަރަށް ބޮޑަށް ދެކިވަޑައިގަންނަވާކަމެއް،" -ހެލްތް މިނިސްޓަރު ހަލީލް-

ހެލްތު މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާގެ އެންމެ ބޮޑު އަމާޒަކަށް މި ފަސް އަހަރު ވާނީ ވެސް ސިއްހީ ގޮތުން ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކޮށް ވަރުގަދަކުރުންކަމަށެވެ. 

މިނިސްޓަރު ވަނީ ރާއްޖެއިން ފައިލޭރިއާ ފެނުމާއި ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން މިނިސްޓަރު ވަނީ ދިވެހިރާއްޖޭގައި ފައިލޭރިއާ ކޭސްްތައް އިތުރުވެދާނެތީ ރައްޔިތުން ކަންބޮޑުވުން ނުވުމަށް އެދިލައްވާފައެވެ. އަދި ފައިލޭރިއާ ޓެސްޓު ކިޓާއި ބޭހުގެ ސްޓޮކް ވެސް ހުއްވިޔަ ނުދީ ޑަބްލިއުއެޗްއޯގެ ލަފައާއި އެހީތެރިކަމިގެ މަތިން ބަލަހައްޓަމުން އަންނަކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް