ads
ފެނުގެ ރައްކާތެރިކަމަށް ނިމުނު ސަރުކާރުން އެކަށީގެންވާ އަހަންމިއްޔަތުކަމެއް ނުދިން: މަތީން
ފެނުގެ ރައްކާތެރިކަމަށް ނިމުނު ސަރުކާރުން އެކަށީގެންވާ އަހަންމިއްޔަތުކަމެއް ދީފައި ނުވާކަމަށް، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

"ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ އެމްޑަބްލިއުއެސްސީ އާއި ހަވާލުވެލެއްވުމަށްފަހު ފާހަގަކުރެވުނު އެންމެ ކަންބޮޑުވެލައްވާ އެއް ކަމަކީ މީގެ ފަސް އަހަރު ކުރިން ފެނުގެ ރައްކާތެރިކަމާގުޅޭގޮތުން ފަށާފައިވާ މުހިންމު މަޝްރޫއުތަކެއް ހުއްޓާލާފައިވާކަންކަމަށެެވެ. 

މިފަދަ މަޝްރޫއުތައް މި ނިމުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުއްޓާލާފައިވަނީ "އެކަށީގެންވާ އަހަންމިއްޔަތުކަން ފެނުގެ ރައްކާތެރިކަމަށް ނުދޭތީ" ކަމަށް މަތީން ވިދާޅުވިއެވެ. 

"އެއް މި ސާލަކީ ރައީސް ޔާމިން ވެރިކަމުގައި ހުންނެވިއިރު އަޅުގަނޑުމެންގެ މިހާރުގެ ރައީސް ޑރ. މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ބްރިޖު މަތިން ދެ ކަނެކްޝަނެއް ހެދި. އެއް ކަނެކްޝަނަކީ މާލެއާ ހުޅުމާލޭގެ ކަރަންޓު ގުޅާލުން އަދި އަނެއް ކަނެއްޝަނަކީ މާލެއާ ހުޅުމާލޭފެ ފެނުގެ ވިއުގަ ގުޅާލުން. އެ ހޮޅިއަޅާފަ އެހެން ބަޔަކާ ވެރިކަން ހަވާލުކޮށްފަ ފަސް އަހަރު ކޮށްފަ އަޅުގަނޑުމެން އައިއިރުވެސް އެ ހޮޅި އެއޮތީ އަދިވެސް ނުގުޅި،" މަތީން ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންޑިރެކްޓަރު ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ދެމެދު ފެނުގެ ނިޒާމު ގުޅާލުމުގެ މަސައްކަތް ކުރިއަށް ނުގޮސް އޮތީ ސަރުކާރުތެރެއިން އެ ކުންފުންޏަށް ލިބެންޖެހޭ އެއްބާރުލުން ނުލިބިގެންކަމަށެވެ. 

"މާލެއާ ދިމާލުން ބަހައްޓަންޖެހޭ ޕަންޕު ސްޓޭޝަން ބަހައްޓަން ބޭނުންވާ ބިން ހަމަޖައްސައި ނުދީގެން އެކަންވެސް ނުކުރެވިފައޮތީ،"

މަތީން ވިދާޅުވީ ފެނުގެ ކެޕޭސިޓީ ދެ ގުނުކުރުމަށް ވެސް އެ ކުންފުނިން އަމާޒުކޮށް މަޝްރޫއެއް ފެށިކަމަށެވެ. 

"އޭގަ ޓެކްނިކަލް މައްސަލަތަކެއް ހުރިކަމުގައި ވީނަމަވެސް ސަރުކާރު ތެރެއިން ލިބެންޖެހޭ އެއްބާރުލުން ތެރޭގަ އިދާރީ ބައެއްކަންކަން ނުނިމި ހުރުމުން ސިޓީކައުންސިލުން ދޭންޖެހޭ ހުއްދަ ނުލިބި އޮތީ،"

މަތީން ވިދާޅުވީ ފެނުގެ ހިދުމަތް ތަރައްގީކޮށް ޔަގީންކުރުން ވަރަށް މުހިންމުކަމަށެވެ. އަދި ވެރިކަން ކުރާ ރަށެއްގައި ކަމެއް ދިމާވެދާނެފަދަ ހާލަތަކަށް ތައްޔާރަށް އޮތުން މުހިންމުކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް