ads
އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސަސްޕެންޑުކޮށްފި
އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސަސްޕެންޑުކޮށްފިއެވެ.

އެނގިފައިވާގޮތުގައި ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އިއްޔެ އިިން ފެށިގެން ސަސްޕެންޑުކޮށްފަނީ ސިވިލް ސާވިސް ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށަހެޅި ސީރިއަސް މައްސަލަތަކަކާ ގުޅިގެންނެވެ. އަދި ސަސްޕެންޑް ކޮށްފައިވަނީ 30 ދުވަހަށް ކަމަށާއި އަދި ސަސްޕެންޝަނުގައި ހުންނަ މުއްދަތުގައި އޭނާއަށް މުސާރަ ހިނގާނެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕީއެސް ސަސްޕެންޑް ކުރި މައްސަލާގައި ކަމާބެހޭ ސިވިލް ސާވިސް ކޮމިޝަނުން އަދި ވާހަކައެއް ނުދައްކަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަކަށް އަހްމަދު އަލީ ހަމަޖައްސާފައިވަނީ 13 ޖޫން 2019 ވަނަ އަހަރުގަ އެވެ. މި މަގާމަކީ ފަސް އަހަރަށް އައްޔަން ކުރާ މަގާމެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕީއެސްގެ ސަސްޕެންޝަނާ ބެހޭ ގޮތުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރަށް" ވިދާޅުވިގޮތުގައި އޭނާ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޕީއެސް އަހުމަދު އަލީގެ ފަރާތުން އެއްވެސް މައްސަލައެއް ފާހަގަނުވާ ކަމަށެވެ.

ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުގައި ވެސް އެޑިޔުކޭޝަން މިނިސްޓްރީގެ ޕީއެސް އާ ބެހޭ ޝަކުވާތައް އެ ދާއިރާގެ މީހުންގެ މެދުގައި އޮންނަ ކަމަށްވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް