ads
ނިލަންދޫ އެއާޕޯޓުގެ ސާވޭ ހަދަން އެމްޓީސީސީއަށް ހަވާލުކޮށްފި
ފ. ނިލަންދޫ އެއާޕޯޓުގެ ސާވޭ ހަދަން އެމްޓީސީސީއަށް ހަވާލުކޮށްފި އެވެ.

މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ފ. ނިލަންދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓަށް ދާނެ ހަރަދު އިނގޭނީ އެމްޓީސީސީއާ މިއަދު ހަވާލު ކުރި ސާވޭތަކާއި އީއައިއޭ ނިމުމުން ކަމަށެވެ. 

މުއްތަލިބް ވިދާޅުވީ، އީއައިއޭ އާއި ސާވޭތައް ނިންމާލުމަށް ފަހު، މި އަހަރުގެ ތެރޭގައި ނިލަންދޫގެ ބިން ހިއްކައި، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. 

އެ މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފައި ވަނީ 120 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

"ބިން ހިއްކަން ބޭނުން ވާނީ ކިހާ ވަރެއްގެ ވެއްޔެއްތޯ، ކިހާ ވަރެއްގެ ޝޯ ޕްރޮޓަކްޝަނެއްތޯ އެނގޭނީ ދިރާސާތައް ނިމިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

ނިލަންދޫގައި އެއާޕޯޓެއް އަޅަން އެންމެ ފުރަތަމަ ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ގޮސްފައެއް ނުވެ އެވެ. 

ފ. ނިލަންދޫގައި އެއާޕޯޓު އަޅަން މި ސަރުކާރުން ނިންމި އިރު، ފ. މަގޫދޫގައި މިދިޔަ ސަރުކާރުން އަޅަން ފެށި އެއާޕޯޓުގެ މަސައްކަތް ވެސް ބާރު ސްޕީޓުގައި ކުރިއަށް އެބަ ދެއެވެ. 

މަގޫދޫ އާއި ނިލަންދޫ ދެމެދު ހުންނާނީ އަށް ވަރަކަށް ކިލޯމީޓަރު ދުރުމި(15 މިނެޓް)ނެވެ.

މަގޫދޫގައި މިހާރު ވެސް އެއާޕޯޓެއް ތަރައްގީ ކުރެވެމުންދާއިރު، ނިލަންދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފަށަނީ ކޮންގޮތަކަށް ބައްލަވައިގެންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ، އެއާޕޯޓު އަޅާނެ ތަންތަން ކަނޑައަޅަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ނޫން ކަމަށާއި، އެކަން ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް