ads
ރިއާލްގެ ރުޑިގާ
ފަހު ވަގުތު ރިއާލް މޮޅުވެއްޖެ
ސްޕެނިޝް ލީގުގައި އާއަހަރު ކުޅުނު ފުރަތަމަ މެޗުގައި ފަހުވަގުތު ރިއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރެއާލް މެޑްރިޑުން ރޭ މޮޅުވީ އަމިއްލަ ދަނޑުގައި މަޔޯކާއާ ދެކޮޅަށް ކުޅެ 1-0 އިންނެވެ. ރެއާލްގެ ހަމައެކަނި ގޯލު 78 ވަނަ މިނިޓުގައި ޖަހައިދިނީ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އެވެ.

މި ނަތީޖާއާ އެކު ރެއާލް މެޑްރިޑް ވަނީ 19 މެޗުން 48 ޕޮއިންޓް ހޯދައިފަ އެވެ. ރެއާލަށް ރޭގެ މެޗުގެ ތިން ޕޮއިންޓާއެކު ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ޖިރޯނާ އޮތީ ދެވަނައިގަ އެވެ. ތިންވަނައިގައި އޮތީ 38 ޕޮއިންޓް ލިބިފައިވާ އެތުލެޓިކޯ މެޑްރިޑެވެ.

ލީގުގެ ހަތަރުވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 38 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ އެވެ. ބާސެލޯނާ ރަށުން ބޭރުގައި މިރޭ ދަންވަރު، ލަސް ޕާމާސްއާ ދެކޮޅަށް ކުޅޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް